ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 10:53
ރެޖިސްޓަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް
ރެޖިސްޓަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް
ރާއްޖެއެމްވީ
ބައެއް ބާވަތްތަކުން ޑިއުޓީ ބޮޑުކުރުން
ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރަނީ
 
ތުއްތު ކުދިންނަށް ކާންދޭ މެޓާ ފަދަ ތަކެތިން ޑިއުޓީ ބޮޑުކުރުމަށް ވަނީ ނިންމާފައި

އާންމު ސިއްޚަތު ރައްކައުތެރިކުރުމުގެ ގޮތުން ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކުން ޑިއުޓީ އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ރެޖިސްޓަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ މިނިސްޓްރީ އާ މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގުޅިގެން ކުރި ދިރާސާ ތަކުން ފާހަގަ ކުރެވިފައިވާ ސިއްޚަތަށް ގެއްލުން ލިބޭ ތަކެތިން ޑިއުޓީ އިތުރު ކުރުމަށް ނިންމާފއިވާ ކަމަށެވެ.

އެގޮތުން ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކާއި، އެކި ބާވަތްތަކުގެ ތައްޔާރީ މީޓާއި (ސޮސެޖް ފަދަ ތަކެތި) ތުއްތު ކުދިން ކެއުމަށް ބޭނުން ކުރާ މެޓާ ފަދަ ތަކެތިން ޑިއުޓީ އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފަހުގެ ދިރާސާތަކަށް ބަލާއިރުވެސް އެކި ބާވަތްތަކުގެ ޕްރޮސެސް މީޓަކީ ސޮސެޖް ކަހަލަ މިއީ ސިއްޚަތަށް ގެއްލުންވާ އެއްޗެއް.އަދި އހަމަ އެއާއި އެކީގައި ފާހަގަކޮށްލަން ބޭނުންވޭ މެޓާ އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ހަދާފައި ހުންނަ އެކި ކަހަލަ ކެންޑީގެ ގޮތުގައި ފާހަގަ ކުރެވެ އެކި ކަހަލަ ފޮނި ކާތަކެތި.މިކަހަލަ އެކިއެކި ބާވަތްތަކުން މިއޮތީ ޑިއުޓީ ރޭޓް މިއޮތީ ބޮޑުކޮށްފައި
ރެޖިސްޓަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް

ވިސާމް ވިދާޅުވީ އާންމު ސިއްޚަތު ރައްކައުތެރިކުރުމުގެ ޤާނޫނުގެ ދަށުން ހެލްތް ޕްރޮޓެކްޝަން ބޭނުމަށް ފަންޑެއް ޤާއިމްކޮށްފައިވާ ކަމަށާއި އެ ފަންޑު މެދުވެރިކޮށް ސިއްޚަތު ރައްކައުތެރިކުރުމަށް އާންމުން ހޭލުންތެރި ކުރުމަށް ހިންގާނެ އެކި އެކި ޕްރޮގްރާމްތަކަށް ހޭދަކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވިފައިވާ ކަމަށެވެ.

އެ ނިޒާމްގެ ތެރެއިން ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކުގެ ތަކެއްޗާއި ދުންފަތް އެކުލެވޭ ބާވަތްތަކުގެ ތަކެތިން ނެގޭ ޑިއުޓީގެ 3 އިންސައްތަ އެ ފަންޑަށް ކޮންޓްރިބިއުޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިސާމް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
100%
0%
0%
ކޮމެންޓް