ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 07:48
އާދިއްތަ ދުވަހުގެރޭ އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން
އާދިއްތަ ދުވަހުގެރޭ އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން
ވަން އޮންލައިން
އިދިކޮޅުން ކުރި މުޒާހަރާ
އިދިކޮޅު މުޒާހަރާ ކަވަރު ކުރި ނޫސްވެރިންނަށް ފުލުހުން ހުރަސްއެޅި ކަމުގެ ޝަކުވާ
މީޑިއާތަކާއި މެދު ހަމަހަމަކޮށް ކަންތައް ކުރުމަށް ގޮވާލި
ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާންޖެހޭ

އާދިއްތަ ދުވަހުގެރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ މަގުމަތީގައި ކުރި މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅާފައިވާ ކަމުގެ ޝަކުވާ ލިބެމުންދާތީވެ، މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އިދިކޮޅުން ބޭއްވި މުޒާހަރާގައި ނޫސްވެރިން ދުރަށް ޖައްސާ މުޒާހަރާގައި ހިނގަމުންދާ ކަންކަން ކަވަރު ކުރަން ހުރަސް އެޅޭފަދަ ބައެއް ކަންކަން ފުލުހުންގެ ފަރާތުން ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެކަމަކީ "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު"ގެ 43 ވަނަ މާއްދާގެ (ބ) ގައި ފުލުހުންނަށް ނުކުރެވޭނެ ކަންކަމުގެ ގޮތުގައި ބަޔާންކޮށްފައިވާނެ ކަމަށް މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ. އެހެންވެ ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅުމަށް މީޑިއާ ކައުންސިލުން ވަނީ މުއައްސަސާތަކަށް ގޮވާލާފައެވެ. އަދި މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރަން އުޅޭ ނޫސްވެރިން ބްރޮޑްކާސްޓިން ކޮމިޝަންގެ ފާސްއަޅައިގެން އުޅުމަށް ވެސް މީޑިއާ ކައުންސިލުން އިލްތިމާސް ކުރެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި އެނޫންވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވޭ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ. އެގޮތުން، ބ އަތޮޅު ބޮޑުފިނޮޅުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން މީޑިއާތަކަށް ފުރުޞަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން އެ ކައުންސިލުން ވާނީ ހިތާމައާއެކު ފާހަގަކޮށްފައެވެ.

- ކޮމެންޓް