ކ. މާލެ
|
27 ޖުލައި 2020 | ހޯމަ 20:16
އައިއޯއައިޖީގެ ކާމިޔާބީއާއެކު ރައީސް ޞާލިޙު އުފާފާޅުކުރައްވަނީ: މި އަހަރަކީ ކުޅިވަރަށް ގޮންޖެހުންތަކެއް ދިމާވި އަހަރެއް
އައިއޯއައިޖީގެ ކާމިޔާބީއާއެކު ރައީސް ޞާލިޙު އުފާފާޅުކުރައްވަނީ: މި އަހަރަކީ ކުޅިވަރަށް ގޮންޖެހުންތަކެއް ދިމާވި އަހަރެއް
ފޭސްބުކް
އެސޯސިއޭޝަންތަކުގެ ބަޖެޓު ކުޑަކުރުން
އެސޯސިއޭޝަންތަކުގެ ބަޖެޓު ކުޑަކުރަން މަޖުބޫރު: ވަޒީރު
"މި އަހަރުގެ ފަހު ދެ ކުއާޓަރުގައި އަލަށް އިތުރު މަޝްރޫއެއް ނުފެށޭނެ"
"ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުވެސް ބޮޑުތަނުން ކުޑަކުރަން ޖެހޭ"

މިހާރު ހާލަތު އޮތްގޮތުން މި އަހަރުގެ ފަހު ދެ ކުއާޓަރުގައި އަލަށް އިތުރު މަޝްރޫއެއް ނުފެށޭނެ ކަމަށާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަޖެޓު ކުޑަކުރަން މަޖުބޫރު ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި މީގެ ކުރިން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ހާލަތުގައި ހުރިހާ ވުޒާރާއެއްގެ ޚަރަދުތައްވެސް ކުޑަކުރަން ޖެހޭކަން ފިނޭންސުން އަންގާފައިވާތީ އާއެކު، ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުވެސް ބޮޑުތަނުން ކުޑަކުރަން ޖެހޭ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި އަހަރު އެސޯސިއޭޝަންތަކަށް ދެވޭނީ އެ އެސޯސިއޭޝަންތައް ހިންގުމަށް ދެވޭ ފައިސާއެއް ކަމަށާއި، މި ގޮތަށް މި އަހަރު މަސައްކަތްކޮށް ނިންމާލެވުމުން، އަންނަ އަހަރު އެކަށީގެންވާ ބަޖެޓަކާއެކު ބާރަށް ކުރިއަށް ދެވޭނެ ކަމަށެވެ.

ނިމިގެންދިޔަ އަހަރަކީ ކުޅިވަރުގެ ތާރީޚުގައިވެސް ވަރަށް އުފާވެރި ރަން އަހަރެއް ކަމަށާއި، އެ އުފާވެރިކަމާއެކު މި އަހަރަކީ ކުޅިވަރުގެ އުމުރާނީ ވަސީލަތުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އަހަރަކަށް ހަދަން ނިންމި ކަމަށެވެ. އެކަމަކު މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް-19 އާއެކު ހުރިހާ ކަމެއް ބަދަލުވެގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި އަހަރަކީ އުމްރާނީ ވަސީލަތުގެ އިތުރުން، އެތުލީޓުން ބޭރަށް ފޮނުވައިގެން އެތުލީޓުންނަށް ގިނަ ތަމްރީނުތަކެއް ދިނުމަށް ނިންމި އަހަރަކަށްވީއިރު، ކުރިއަށް މުބާރާތެއް ނެތުމާއެކުވެސް ތަމްރީނުތައް ކުރިއަށް ނުގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެ އާއި ރާއްޖެއަށްވެސް ބޮޑު އަސަރެއް ކޮށްފައިވާއިރު، ވަކިވަކި ކަންކަމުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރާނީ ކުޅިވަރުގެ ދާއިރާއަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއްވިއިރު، މި ހާލަތާއެކު 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. މީގެ ކުރިން ވަޒީރު ވަނީ އައިއޯއައިޖީއަށް ކުރަންޖެހޭ މަސައްކަތް މިހާރު ދެ ގުނަވެފައިވާއިރު، ގައުމުގެ އިޤުތިޞާދާއި މިހާރު މިއޮތް ވަގުތަށް ބަލާއިރު ގޭމްސް ބޭއްވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް ވިދާޅުވެފައެވެ

އައިއޯއައިޖީއަކީ މިހާތަނަށް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު ގޭމްސްއެވެ. ރާއްޖޭގައި ރަސްމީކޮށް ކުޅިވަރު ކުޅެންފެށިތާ 88 ވުރެން ގިނަ އަހަރުވެފައިވާއިރު، އައިއޯއައިޖީގެ ބިޑު ކާމިޔާބުވުމަކީ ދިވެހި ކުޅިވަރަށް ލިބުނު އެންމެ ބޮޑު ޝަރަފަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް