ކ. މާލެ
|
27 ޖުލައި 2020 | ހޯމަ 15:39
ރިސޯޓު މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި ވަކަރުފަޅި އައިލެންޑް ރިސޯޓުގެ މުވައްޒަފުން ކުރި މުޒާހަރާގެ ތެރެއިން
ރިސޯޓު މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި ވަކަރުފަޅި އައިލެންޑް ރިސޯޓުގެ މުވައްޒަފުން ކުރި މުޒާހަރާގެ ތެރެއިން
ޓީމް މޯލްޑިވްސް
އިންކަމް ސަޕޯޓު އެލަވަންސް
އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ދޫކޮށްފި
ހާތަނަށް 6638 ފަރާތަކަށް އެލަވަންސް ދީފައިވޭ
އެލަވަންސް ދޭން ފަށާފައި ވަނި މެއި މަހުގެ 20 ވަނަ ދުވަހު

ކޮވިޑް-19އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް އެލެވެންސްގެ ގޮތުގައި 27.2 މިލިއަން ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭން މިނިސްޓްރީން ބުނީ ‏ކޮވިޑާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް "އިންކަމް ސަޕޯޓް އެލަވަންސް"ގެ ގޮތުގައި މިހާތަނަށް 6638 ފަރާތަކަށް 27.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނި މެއި މަހުގެ 20 ވަނަ ދުވަހު އެވެ. މެއި މަހުގެ 13 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ،އިންކަމް ސަޕޯޓް އެލެވެންސްދިނުމާއި ގުޅޭ އުސޫލުގައި ވާގޮތުން، މި އެލެވަންސް ދިނުމަށް ހަމަޖެހިފައި ވަނީ 1 މާރޗް 2020ގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ ފަރާތްތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިިކޮށްފައިވާ ފަރާތްތަކަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދު ހުއްޓުމަކަށް އައިސްފައިވާއިރު، ގިނަ ބަޔެއްގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އެގޮތުން ސަރުކާރުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރަށް ގިނަ ބަޔަކު ޝަކުވާ ހުށައަޅާފައިވެއެވެ. ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ގިނައީ މުސާރަ ނުހިނގާ ގޮތަށް ޗުއްޓީއަށް ދާން މަޖުބޫރު ކުރާ މައްސަލަ އެވެ.

- ކޮމެންޓް