ކ. މާލެ
|
26 ޖުލައި 2020 | އާދީއްތަ 13:50
ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ރާއްޖެޓީވީގެ ކަވަރޭޖްގައި
ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ރާއްޖެޓީވީގެ ކަވަރޭޖްގައި
ރާއްޖެއެމްވީ
މިނިވަން ދުވަސް
ރާއްޖެއަށް އެކި ދުވަސްވަރު އެކި ކަހަލަ އޮއިވަރުތަކާއި ގޮންޖެހުންތައް އަބަދުވެސް އާދޭ: މިނިސްޓަރު އިމްރާން
ގައުމުގެ މަސްލަހަތަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން
ހަމާލާ ދިނުމަށްހުރި މަގުތައް ބަންދު ކުރެވިފައިވޭ
ރައްޔިތުންގެ މުދާ ރައްކާތެރިކުރަން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ

ރާއްޖެއަށް އެކި ދުވަސްވަރު އެކި ކަހަލަ އޮއިވަރުތަކާއި ގޮންޖެހުންތައް އަންނަ ކަމަށާއި، ރައްޔިތުންގެ ފުރާނައާ މުދާ ރައްކާތެރި ކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރޭ 56 ވަނަ މިނިވަން ދުވަހާއި ގުޅިގެން ރާއްޖެޓީވީގައި ކުރިއަށްދާ ޚާއްސަ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ހޯމް މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ މަސްލަހަތަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މިހާރު ވެސް ކުރަމުންދާ ކަމަށެވެ. މި ގައުމަށް ވެސް އެކި ދުވަސްވަރު އެކި ކަހަލަ އޮއިވަރުތަކާއި ގޮންޖެހުންތައް އަބަދު ވެސް އަންނަ ކަމަށާއި، ޚާއްސަ އިސްކަމެއް ދިނީ ރައްޔިތުންގެ ފުރާނައާ ރައްޔިތުންގެ މުދާ ރައްކާތެރި ކުރުމަށް ކަމަށެވެ.

އެގޮތުން މީސް މީހުންނަށް ހަމާލާ ދިނުމަށް ހުރި މަގުތައް ބަންދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ޚާއްސަ އޮޕްރޭޝަންތައް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަސައްކަތުގެ ތެރެއިން ބޭނުންވާ ނަތީޖާ ހާސިލް ކުރެވުނު ކަމަށާއި، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އަނެކުންނަށް ކުރިމަތިލާ ހަމަލާދީފަ ހުރި ހުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި ބިރުވެރިކަން އެބައޮތް އަބަދުވެސް ތިމާގެ އަމިއްލަ ހަށިގަނޑަށް ފުރާނައަށް މުދަލަށް ގެއްލުމެއް ވެދާނެ ފަދަ ކަންތައްތަކުގެ މައްޗަށް ބިރުވެރިކަމުން ސަލާމަތްވުމަކީ ހަގީގަތުގައި އިންސާނަކަށް މިނިވަންކޮށް ހުރުމަށްޓަކައި ވެސް މުހިންމު އެއްކަންތައް. އެހެންވީމަ ޚާއްސަކޮށް މަސައްކަތް ފަށާގަތުމާއެކުގަ ފުލުހުންނާއި އެކުގަ ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން ފެށިން. ރައްޔިތުންގެ ފުރާނައާ ހަށިގަނޑާ މުދާ ރައްކާތެރި ކުރުމަށްޓަކައި.
ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ

މިނިސްޓަރު އިމްރާން ވިދާޅުވީ މީގެ ކުރިން މީހަކަށް ހަމަލާއެއް ނުވަތަ މީހަކައަށް އަނިޔާ ލިބުމަކީ އާންމު ރައްޔިތުން ވަރަށް ބިރު ގަންނަ ކަމެއް ކަމަށާއި، ޒަމާނަށް އައި ބަދަލާއެކު މިފަދަ ކަންކަން މިހާރު އެހާ ބޮޑު ކަމަކަށް ނުހަދާ ކަމަށެވެ. ނަމަވެސް އަނެކުންނަށް ދެރައެއް ނުވަތަ އަނިޔާއެއް ލިބޭފަދަ ކަންކަމުން މުޖުތަމައު ސަލާމަތް ކުރުމަށް ވަރަށް އިސްކަން ދޭންޖެހޭ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންގެ މުދާ ރައްކާތެރިކުރަން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، މި މަސައްކަތް ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.

- ކޮމެންޓް