ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 13:22
ސާޖިއޯ އަގުއޭރޯ ސިޓީގެ މެޑިކަލް ޓީމާއެކު: އޭނާއަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭނެ ކަމަށް ވަނީ ބުނެފައި
ސާޖިއޯ އަގުއޭރޯ ސިޓީގެ މެޑިކަލް ޓީމާއެކު: އޭނާއަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭނެ ކަމަށް ވަނީ ބުނެފައި
ގެޓީ އިމޭޖަސް
އަގުއޭރޯގެ ކަކުލުގެ އަނިޔާ
ޗެމްޕިއަންސް ލީގުގައި އަގުއޭރޯއަށް ކުޅެވޭނެ: ގާޑިއޯލާ
އަގުއޭރޯއަށް އަނިޔާވީ ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި
އަނިޔާގެ ސަބަބުން އަގުއޭރޯ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައި

އަންނަ އޮގަސްޓް މަހު އަލުން ފަށާ ޔުއެފާ ޗެމްޕިއަންސް ލީގަށް ފޯވާޑް ސާޖިއޯ އަގުއޭރޯ ފިޓްވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އަގުއޭރޯއަށް އަނިޔާވީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި 5-0 ބާންލީ އަތުން ސިޓީ މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެ މެޗުގައި އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. އަދި ކަކުލަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯދަން އަގުއޭރޯ ސްޕެއިންގެ ބާސެލޯނާއަށް ދިޔައިރު، އަގުއޭރޯ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަނިޔާއިން ރަނގަޅުވެ އަގުއޭރޯއަށް އެނބުރި ކުޅުމުގައި ބައިވެރިވެވޭނީ ހަ ހަފުތާ ފަހުންނެވެ. އެހެންކަމުން އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު ސިޓީން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި އަގުއޭރޯއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯ ބުނީ ރެއާލާ ދެކޮޅަށް ކުޅޭ މެޗުގައި ސަސްޕެންޝަނުގައި ހުރި މެންޑީ ފިޔަވައި ދެން ތިބި ހުރިހާ ކުޅުންތެރިންނަށްވެސް ކުޅެވޭނެ ކަމަށެވެ. އެގޮތުން އަގުއޭރޯ ވެސް އެ މެޗަށް ވާއިރަށް ފިޓްވާނެ ކަމަށާއި، އެއީ އޭނާއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ޗެމްޕިއަންސް ލީގު އޮގަސްޓް މަހު އަލުން ފަށާއިރު، ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސިޓީ ވަނީ ރަށުން ބޭރުގައު 2-1 ން ރެއާލްގެ މައްޗަށް ކުރިހޯދާފައެވެ. އެހެންކަމުން އަންނަ މަހު ހަތްވަނަ ދުވަހު ސިޓީ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެންވެސް، ސިޓީއަށް ކުއާޓާފައިނަލްގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ.

ޗެމްޕިއަންސް ލީގު އަލުން ފަށާއިރު، ކުއާޓާއާ ހިސާބުން މެޗުތައް ކުޅުމަށް ޔުއެފާއިން ނިންމާފައިވަނީ ޕޯޗުގަލްގެ ލިޒްބަންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް