ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 09:15
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީ ގޭދޮށު މަސްޕްލާންޓް ގާއިމުކުރުން
މަރަދޫ އާއި ހުޅުދޫމީދޫގައި ގޭދޮށު މަސްޕްލާންޓް ގާއިމްކުރުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށްފި
 
މިއަދުގެ ސަރުކާރުން އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ
 
ހުޅުދޫމީދޫގައި ގާއިމްކުރާ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މެކޯ ޕްރައިވެޓް ލިމިޓެޑާ
 
މަރަދޫގައި ގާއިމްކުރާ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ވަނީ ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާ

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް ހިންގުމަށް ދެވޭ އެހީގެ ދަށުން އައްޑޫ ސިޓީ މަރަދޫ އާއި ހުޅުދޫމީދޫގައި ގޭދޮށު މަސް ޕްލާންޓްތައް ޤާއިމުކޮށް ހިންގުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށް، އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ މިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިމަހުގެ 22 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ފޮރިން ސެކްރެޓަރީ، ޢަބްދުލްޣަފޫރު މުހައްމަދު އަދި އިންޑިއަން ހައި ކޮމިޝަނަރ، ޝްރީ ސަންޖޭ ސުދީރު ވެސް ވަނީ އޮންލައިންކޮށް ބައިވެރިވެވަޑައިގެންފަ އެވެ.

އެގޮތުން މަރަދޫގައި ގާއިމްކުރާ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ވަނީ ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ، އަބްދުﷲ ސޯދިގެވެ. އަދި ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ލޮޖިސްޓިކްސް އެންޑް އޮޕަރޭޝަންސް ބައްސާމް ތައުފީގް އެވެ.

ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑުން 22،100،000ރ. (22 މިލިއަން އެއްލައްކަ ދިވެހި ރުފިޔާ) އިންވެސްޓްކުރުމަށް ނިންމަވާފައިވެއެވެ.

މީގެ އިތުރުން ހުޅުދޫމީދޫގައި ގާއިމްކުރާ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މެކޯ ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ވެސް މޭޔަރ، އަބްދުﷲ ސޯދިގެވެ. އަދި މެކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޖާވިޒް އެވެ.

މެކޯ ޕްރައިވެޓް ލިމިޓެޑުން 6،613،714ރ. (ހަ މިލިއަން ހަ ލައްކަ ތޭރަ ހާސް ހަތްސަތޭކަ ސާދަ ދިވެހި ރުފިޔާ) އިންވެސްޓްކުރުމަށް ނިންމަވާފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން މަރަދޫ އަދި ހުޅުދޫމީދޫގައި ގާއިމުކުރެވޭ މަސް ޕްލާންޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަން ޖެހޭނެއެވެ. އަދި މި މަޝްރޫއަށް 6،000،000ރ. (6 މިލިއަން ދިވެހި ރުފިޔާ) ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހިލޭ އެހީއިން އެވެ.

އެއްބަސްވުމުގައި ސޮއިކުރައްވާ މޭޔަރު ސޯދިގު ވިދާޅުވީ މިފަދަ އިގްތިސާދީ މަންފާ ލިބިދޭ މަޝްރޫއުތަކުން ރަމުޒުކޮށްދެނީ މިއަދުގެ ސަރުކާރުން އައްޑޫގެ ތަރައްގީއަށް ދޭ އަހަމިއްޔަތުކަން ކަމަށެވެ.

ސޯދިގު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ނަފާ އިތުރުވެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. މިމަޝްރޫއިން މަސްވެރިންނަށް ލިބެމުންދާ އާމްދަނީ އިތުރުކުރުމަށް ފުރުސަތުތަކެއް ފަހިވެގެންދާއިރު، ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެން ދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި މަޝްރޫއަކީ އައްޑޫސިޓީގެ އިގްތިސާދު އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މަރަދޫ އާއި ހުޅުދޫމީދޫގައި ގާއިމު ކުރެވޭ މަސް ޕްލާންޓްތަކުން ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ މަހުގެ އުފެއްދުންތައް އިތުރުވެގެން ދާނެއެވެ. އަދި މި މަސްޕްލާންޓްތައް ގާއިމުކުރެވޭނީ އައިސް އުފައްދައި މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މި މަސްޕްލާންޓުތަކުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކް ކުރުމާއި ޕެކޭޖް ކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ