ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 04:44
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ކުރަމުން
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ކުރަމުން
ރޮއިޓަރސް
ކޮވިޑަށް ވެކްސިންއެއް އުފެއްދުން
ޔޫއޭއީ ކޮވިޑް ވެކްސިން: ތިން ވަނަ ކްލިނިކަލް ޓްރައަލް ފަށައިފި
 
ތިން ވަނަ ޓްރައަލް އަށް 10،000ށްވުރެ ގިނަ މީހުން ވަނީ ވޮލެންޓިއަރ ކޮށްފަ
 
ޔޫއޭއީގައި ދިރިއުޅޭ 20 ގައުމަކަށް ނިސްބަތްވާ މީހުން ޓްރައަލްތަކުގައި ބައިވެރިވުމަށް ވޮލެންޓިއަރ ކޮށްފައިވޭ

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ޔޫއޭއީ އިން ކުރާ މަސައްކަތުގެ ތެރެއިން ވެކްސިންގެ ތިން ވަނަ ކްލިނިކަލް ޓްރައަލް ފަށާފައިވާ ކަމަށް އަބޫދާބީ ހެލްތު ސަރވިސަސް އިން ބުނެފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މި ޓްރައަލްތައް ކުރިއަށްދަނީ އަބޫދާބީގެ ހެލްތު ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުންނެވެ. އަދި ވެކްސިންއެއް ހޯދުމަށް ޔޫއޭއީން ކުރާ މަސައްކަތް ލީޑު ކުރައްވަނީ ކޮވިޑް-19ގެ ނެޝަނަލް ކްލިނިކަލް މެނޭޖްމަންޓު ކޮމިޓީގެ ޗެއަރޕަރސަން ޑރ. ނަވާލް އަހްމަދު އަލްކާބީއެވެ.

އެ ޑިޕާޓްމެންޓުން ބުނީ ޓްރައަލްތަކަށް ވޮލެންޓިއަރުން ހޯދުމަށް ކުރި އިއުލާނަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. އެގޮތުން ޔޫއޭއީގައި ދިރިއުޅޭ 20 ގައުމަކަށް ނިސްބަތްވާ މީހުން ޓްރައަލްތަކުގައި ބައިވެރިވުމަށް ވޮލެންޓިއަރ ކުރި ކަމަށެވެ.

މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން ތިން ވަނަ ޓްރައަލް އަށް 10،000ށްވުރެ ގިނަ މީހުން ވަނީ ވޮލެންޓިއަރ ކޮށްފައެވެ. 15،000ށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ މި ޓްރައަލްގައި، 5000ށްވުރެ ގިނަ މީހުން ފުރަތަމަ ސްޓޭޖުގައި ބައިވެރިވާނެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އަދި މިހާތަނަށް އައިއިރު ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް މި ވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
80%
20%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ