ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 03:08
ބޯޑަރު ހުޅުވާލި ދުވަހު ރާއްޖެ އައި ބައެއް ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި
ބޯޑަރު ހުޅުވާލި ދުވަހު ރާއްޖެ އައި ބައެއް ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި
ރާއްޖެއެމްވީ
ރާއްޖެއަށް ވަޒީފާ އަދާކުރުމަށްފަހު އައި މީހުން
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އައީ 266 މީހުން
 
އިންޑިއާއިން 36 މީހަކު އައިސްފައިވޭ
 
އެންމެ ގިނައިން މީހުން އައިސްފައިވަނީ ސްރީލަންކާ އިން

ކޮވިޑް ރޯގާއާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން ރާއްޖެއަށް ވަޒީފާއަދާ ކުރުމަށްޓަކައި އައިސްފައި ވަނީ 266 މީހުން ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަން އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރުތައް ހުޅުވާލި ފަހުން ރާއްޖެއަށް ވަޒީފާއަދާ ކުރުމަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ސްރީލަންކާ އިންނެވެ. އެގޮތުން އެ ގައުމުން 123 މީހަކު ރާއްޖެއަށް އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާއިން 36 މީހަކު އައިސްފައިވާއިރު ތުރުކީވިލާތުން 13 މީހަކު އައިސްފައިވެއެވެ. އަދި ފިލިޕީންސް އިން 11 މީހަކު އައިސްފައިވާއިރު ޗައިނާއިން 9 މީހުން އައިސްފައިވާ ކަމަށް ވެސް އިމިގްރޭޝަން އިން ބުންޏެވެ.

އިމިގްރޭޝަން އިން ބުނީ އިޓަލީއިން 8 މީހަކާއި މިސްރުން 7 މީހެއްގެ އިތުރުން އިނގިރޭސިވިލާތުން 7 މީހުން ރާއްޖެއަށް ވަޒީފާ އަދާކުރުމަށް ވަނީ އައިސްފައެވެ. އަދި ފްރާންސް އިން 5 މީހަކު އައިސްފައިވާއިރު މެލޭޝިއާއިން 5 މީހަކު ވަނީ އައިސްފައެވެ.

އިމިގްރޭޝަން އިން ބުނީ ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އެހެނިހެން ގައުމުތަކުން 42 މީހަކު އައިސްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި