ކ. މާލެ
|
24 ޖުލައި 2020 | ހުކުރު 22:15
އެސްއޯ ފުލުހުން މުޒާހަރާއެއް ކޮންޓްރޯލްކުރަމުންދަނީ
އެސްއޯ ފުލުހުން މުޒާހަރާއެއް ކޮންޓްރޯލްކުރަމުންދަނީ
މުހައްމަދު ޝަރުހާން
ފުލުހުންގެ ތަފާސް ހިސާބު
މިއަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފި
 
ފުލުހުންނާއި ގުޅޭ ޖުމްލަ 97 މައްސަލައެއް ޕީއެސްސީގައި ކޭސްކުރެވިފައިވޭ
 
ޤަވާއިދާއި ޚިލާފްވެގެން 2 ފުލުހަކު ވަކިކޮށްފައިވޭ
 
ބަދުއާޚްލާގީ މައްސަލަތަކާއި ގުޅިގެން 2 ފުލުހަކު ވަނީ ވަޒީފާއިން ވަކިކޮށްފައި

މިއަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ ތަފާސް ހިސާބު އާންމުކޮށްފައިވާއިރު ފްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް (ޕީއެސްސީ) އިން މިހާތަނަށް ބަލާފައިވާ މައްސަލަތަކުގެ ތަފްސީލްތައް ހިމަނާފައި ވެއެވެ.

އެގޮތުން މިއަހަރު މިހާތަނަށް 12 ފުލުހަކު ވަކިކޮށްފައިވާއިރު އޭގެތެރޭގައި ބަދުއާޚްލާގީ މައްސަލަތަކާއި ގުޅިގެން ވަކިކުރި 2 ފުލުހަކާއި، ޤަވާއިދާއި ޚިލާފްވެގެން ވަކިކުރި 2 ފުލުހަކާއި، އިހުމާލުވެގެން ވަކިކުރި ފުލުހަކާއި، ފުލުހެއްގެ ގައިގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި ޚިލާފްވެގެން ވަކިކުރި ފުލުހަކާއި، ވަޒީފާއަށް ފިލުމުގެ ސަބަބުން ވަކިކުރި ފުލުހަކާއި، ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކިކޮށްފައިވާ 3 ފުލުހެއްގެ އިތުރުން ވަޒީފާއަށް ހާޒިރުނުވުމުން ވަކިކޮށްފައިވާ 2 ފުލުހެއް ހިމެނެއެވެ.

ފާއިތުވި އަހަރު އެކި ސަބަބުތަކާއިހުރެ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ 21 މުވައްޒަފެކެވެ.

މިއަހަރު ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން އެއް ފުލުހެއްގެ ރޭންކްވެސް ދަށްކޮށްފައިވާއިރު 15 ފުލުހަކަށް ނަސެހަތާއި އިންޒާރު ދެވިފައިވާ ކަމަށް ޕީއެސްސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރުން ފުލުހުންނާއި ގުޅޭ ޖުމްލަ 97 މައްސަލައެއް ޕީއެސްސީގައި ކޭސްކުރެވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް