ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 09:22
ބިލެތްދޫ ޓީމުން އަތޮޅޫ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ
ބިލެތްދޫ ޓީމުން އަތޮޅޫ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ
އެފްއޭއެމް
މިނިވަން ޗެމްޕިއަންޝިޕް
ނިލަންދޫ ބަލިކޮށް ފ.އަތޮޅުގެ ޗެމްޕިއަންކަން ބިލެތްދޫ އަށް
މުބާރާތުގައި މި ދެޓީމް ބައްދަލުކުރި ފުރަތަމަ މެޗު ކާމިޔާބުކުރީ ނިލަންދޫއިން
ބިލެތްދޫ ދެން ވާދަކުރަން ޖެހޭނީ ޒޯން ބުރުގަ

ޕެނަލްޓީ ޖަހައިގެން ނިލަންދޫ ބަލިކުރުމައްފަހު ބިލެތްދޫއިން އެސްޓީއޯ މިނިވަން ޗެމްޕިއަމްޝިޕުގެ ފ.އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ ނިލަނޑުގެ މައްޗަށް ބިލެތްދޫއިން ކުރިހޯދީ 3-2 ގެ ނަތީޖާއަކުނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެށް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ބިލެތްދޫއިންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސާމިދު އަހުމަދު އެވެ. ނަމަވެސް ލީޑުގައި ބިލެތްދޫއަށް މާ ގިނަ އިރުވަންދެން ނޯވެވުނެވެ. ނިލަނދޫ އިން ވަނީ އޭގެ ތިން މިނެޓު ފަހުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަމްޖަދު އަލީ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި ނިލަނދޫއަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ. އޭގެ ބަދަލުގައި ބިލެތްދޫއިން ވަނީ އިބްރާހިމް ސައުގަތާއި ޝިޔާޒް އިބްރާހިމްގެ ޕެނަލްޓީ ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ. ނިލަނދޫއަށް ކާމިޔާބުކުރެވުނީ ހަމައެކަނި އުބައިދު އިސްމާއީލު ޖެހި ޕެނަލްޓީ އެކަންޏެވެ.

އަތޮޅުގެ ޗެމްޕިއަންކަން ބިލެތްދޫ ހޯދުމާއެކު ދެން އެޓީމު ވާދަކުރަން ޖެހޭނީ ޒޯން ބުރުގަ އެވެ. އެޓީމު ހިމެނޭނީ ޒޯން 5 ގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް