ކ. މާލެ
|
23 ޖުލައި 2020 | ބުރާސްފަތި 07:31
ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާ
ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާ
އެމްއެމްއޭ
މަގާމުން ރިޓަޔަރ ކުރެއްވުން
31 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ޑެޕިއުޓީ ގަވަރުނަރު މަގާމުން ރިޓަޔާ ކުރައްވައިފި
ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި 6 އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައިވޭ
އެމްއެމްއޭއިން ޒާހިރާ ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތުގެ އަގުވަޒަންކޮށް، ޝުކުރު އަދާކޮށްފައިވޭ
ޑެޕިއުޓީ ގަވަރުނަރަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވައި ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އައްޔަން ކުރާ މަގާމެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.

އެކަމަނާ މަގާމުން ރިޓަޔާ ކުރެއްވިއިރު، އެމްއެމްއޭއަށް ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

އެގޮތުން 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައި، ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި 6 އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައިވެއެވެ.

އެމްއެމްއޭއިން ވަނީ ޒާހިރާ ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތުގެ އަގުވަޒަންކޮށް، ޝުކުރު އަދާކޮށްފައެވެ.

ޑެޕިއުޓީ ގަވަރުނަރަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވައި ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އައްޔަން ކުރާ މަގާމެކެވެ.

- ކޮމެންޓް