ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 02:57
ޒޯން 1 ގެ ޗެމްޕިއަން ޓްރޮފީ ކުޅުދުއްފުށި ޓީމުން އުފުލާލަނީ
ޒޯން 1 ގެ ޗެމްޕިއަން ޓްރޮފީ ކުޅުދުއްފުށި ޓީމުން އުފުލާލަނީ
އެފްއޭއެމް
މިނިވަން ޗެމްޕިއަންޝިޕް
ޒޯން 1 ގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް
ކުޅުދުއްފުށި ދެން ކުޅެން ޖެހޭނީ މާލޭގައި އޮންނަ ޒޯން ތަކުގެ ޗެމްޕިއަނުންގެ ބުރުގައި
ފާއިތުވި އަހަރުގެ މުބާރާތުގައިވެސް ކުޅުދުއްފުށިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފަ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން 1ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި އެވެ.

ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު މާރަންދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. ކުޅުދުއްފުށިން މިމެޗް ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުން ނެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ މޮޅު ކުޅުމެށް ފެނިގެންދިޔަ މި މެޗުގައި ކުޅުދުއްފުށިން ކާމިޔާބުކުރި ދެ ލަނޑުވެސް އެޓީމުން ޖަހާފައިވަނީ ފުރަތަމަ ހާފުގެ ތެރޭގަ އެވެ. ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮއްދިނީ އަންވަރު އާދަމް އެވެ. މާ ގިނަ އިރުތަކެށް ނުވަނީސް އެޓީމުން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާ ކޮއްފަ އެވެ. ފުރަތަމަ ހާފް ނިމެންވެފައި ވަނިކޮށް މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ހުސައިން އަބްދުލްރަޝީދް އެވެ. އެއާއެކު ފުރަތަމަ ހާފް ނިމުނީ 2-0 އިން ކުޅުދުއްފިށި ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފަށް މާރަނދޫއިން ނިކުތީ އިތުރަށް ކުޅުން ވަރުދަގަ ކޮށްގެންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގައި އެޓީމު ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށް ސުން ކަނޑުވާލާފަ އެވެ. މި  ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ 55 ވަނަ މިނެޓުގައި މުހަންމަދު ރަހީޒް އެވެ.

ޒޯން 1ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދުމުން ދެން އެޓީމު ކުޅެން ޖެހޭނީ މާލޭގައި އޮންނަ ޒޯންތަކުގެ ޗެމްޕިއަނުންގެ ބުރުގަ އެވެ. ކުޅުދުއްފުށި ވަނީ ފާއިތުވި އަހަރުގައިވެސް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް