ކ. މާލެ
|
22 ޖުލައި 2020 | ބުދަ 13:29
އެޗްޑީސިގެ ހެޑް އޮފީސް
އެޗްޑީސިގެ ހެޑް އޮފީސް
ރާއްޖެއެމްވީ
ހުޅުމާލެ މަސް މާރުކޭޓް
ހުޅުމާލެ ފޭސް 1 ގައި ގާއިމުކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ހިންގާނެ ފަރާތެއް ހޯދަނީ
 
މައުލޫމާތު ކަރުދާސް އަދި ވަގުތީ މަސްމާރުކޭޓް ހިންގުމުގެ އުސޫލާއި ގަވާއިދު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ
 
ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެ
 
ފޯމު ހުށަހަޅަން ޖެހެނީ އޯގަސްޓް 12ގައި

ހުޅުމާލެ ފޭސް 1 ގައި ގާއިމުކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ހިންގާނެ ފަރާތެއް ހޯދަމް އިއުލާން ކޮށްފިއެވެ.

ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަންއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މަސް މާރުކޭޓް ހިންގުމަށް ބޭނުންވާ ފަރާތްތަކުން ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި 12 އޯގަސްޓް 2020 ގެ ހެނދުނު 9:30 އާއި 11:00 އާ ދެމެދު އެޗްޑީސީ އެގްޒިބިޝަން ސެންޓަރަށް ފޯމު ހުށަހަޅަންޖެހޭނެކަމަށެވެ.

ވަގުތީ މަސް މާރުކޭޓް ހިންގުމަށް އެދި ހުށަހަޅާ ފޯމު، މައުލޫމާތު ކަރުދާސް އަދި ވަގުތީ މަސް މާރުކޭޓް ހިންގުމުގެ އުސޫލާއި ގަވާއިދު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ. ފޯމު ހުށަހެޅުމާއި ބެހޭ އިތުރު މައުލޫމާތު އެޗްޑިސީއަށް ގުޅާލުމުން ލިބޭނެކަން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް