ކ. މާލެ
|
21 ޖުލައި 2020 | އަންގާރަ 20:48
ދަރަނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން
ދަރަނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ފ.ދަރަނބޫދޫ ބަނދަރުގެ މަޝްރޫއު
ދަރަނބޫދޫ ބަނދަރުު ފުންކުރުމުގެ 33 އިންސައްތަ މަސައްކަތް ނިމިއްޖެ
ބޮޑު ހިލަ ބޭނުންކޮށްގެން އެ ރަށުގައި 410 މީޓަރު ބޭރު ތޮއްޓެއްލާނެ
46،600 މީޓަރުގެ ސަރަހައްދެއް ފުންކުރާނެ
މިމަސައްކަތް 397 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ

ފ. ދަރަނބޫދޫ ބަނދަރު ބޮޑުކޮށް, ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ މިން ވަރަށް ފަޅުފުންކުރުމުގެ 33 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ މި މަޝްރޫއުގެ ދަށުން، ބޮޑު ހިލަ ބޭނުންކޮށްގެން އެ ރަށުގައި 410 މީޓަރު ބޭރު ތޮއްޓަކާއި 196 މީޓަރުގެ އެއްގަމު ތޮށި ލާނެ ކަމަށެވެ. އަދި 46،600 މީޓަރުގެ ސަރަހައްދެއް ފުންކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި، 2500 ސްކެއަރ މީޓަރ ޕޭވްމަންޓެއް ހެދުމާއި އަދި 60 މީޓަރުގެ ރިވެޓްމަންޓްޖެހުން ހިމެނެއެވެ.

މި މަޝްރޫއަކީ، 38,296,692.30ރ (ތިރީސްއަށް މިލިއަން ދެލައްކަ ނުވަދިހަހަހާސް ހަސަތޭކަނުވަދިހަ ދެ ރުފިޔާ، ތިރީސް ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަަމަށްވާއިރު، މަސައްކަތް 397 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މިމަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.

- ކޮމެންޓް