ކ. މާލެ
|
21 ޖުލައި 2020 | އަންގާރަ 13:28
ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ
ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ
މިހާރު
ހައި ކޯޓު
ރިލުވާންގެ މަރާ ގުޅޭ ވަގު ޑޮކިއުމެންޓް ހެދި ފަނޑިޔާރު އިސްތިއުފާ ދެއްވައިފި
 
މަރު ކޮމިޝަންގެ ރިޕޯޓުގައި ދެ ފުލުހުންނާ ގުޅިގެން މިކަން ކުރުމުގެ ތުހުމަތު ކުރެވޭ
 
އިސްތިއުފާ ދެއްވީ ރިލްވާންގެ މަރާ ގުޅޭ ވަގު ޑޮކިއުމަންޓް މައްސަލައިގައި ޖަވާބުދާރީވަން އަންގާފައި ވަނިކޮށް
 
ހަސަން އަލީ ސަސްޕެންޝަންގައި ހުންނަވާތާ ދިހަ މަސް ދުވަސް ވަނީ ވެފައި

ރިލުވާނުގެ މަރާ ގުޅޭ ވަގު ޑޮކިއުމަންޓް ހެއްދެވުމުގެ ތުހުމަތުކުރެވޭ ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އިސްތިއުފާދެއްވައިފިއެވެ.

ހަސަން އަލީ އިސްތިއުފާ ދެއްވުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަނޑިޔާރު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގެ އަޑުއެހުމަށް ހާޒިރުވުމަށް އަމުރު ފޮނުވާފައިވަނިކޮށެވެ. ޖޭއެސްސީން އަމުރު ފޮނުވާފައިވަނީ ހަސަން އަލީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ފަހު އަޑުއެހުމަށެވެ.

ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތުކުރެވެނީ 2014 ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސަރވިސް އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުންނާ ގުޅިގެން، ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބްދުﷲ ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.

ރިޟްވާންގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ މަރު ކޮމިޝަނުން ޖޭއެސްސީއާ އެ މައުލޫމާތު ހިއްސާކުރުމުން، އެ ކޮމިޝަނުން ވަނީ 16 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުރިހާ މަސްއޫލިއްޔަތަކުން ހަސަން އަލީ އެކަހެރިކޮށް، ގޭގައި މަޑުކުރުމަން އަންގާފައެވެ. ހަސަން އަލީ ސަސްޕެންޝަނުގައި ހުންނަވާތާ ދިހަ މަސް ދުވަސް ވަނީ ވެފައެވެ.

ކޮމިޝަނުން ބެލި މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ތައްޔާރުކުރެވުނު ތަހުގީގު ރިޕޯޓު ނިންމާ، އޮންނަ އުސޫލުގެ ތެރެއިން ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީ ވުމަށް ފޮނުވުނީ މި ޖުލައި މަހުގެ 12 ގައެވެ. އަދި ފަނޑިޔާރު އިސްތިއުފާ ދެއްވީ ބުދަ ދުވަހު ފަހު އަޑުއެހުމަށް ހާޒިރުވާން އެންގުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
32%
5%
5%
55%
0%
5%
ކޮމެންޓް
24 ޖުލައި 2020 | ހުކުރު 23:44
އިސްތިއުފާދިނުމުން ޖަވާބުދާރީވާކަށް ނުޖެހޭނެތޯ. ކުށެއްކޮއްފަ އިސްތިއުފާދިނީމަ މީހާ ކުށެއްނުކުރާކަމަށް ބަދަލުވަނީތޯ. ގައުމުގަ ކޮރަޕްށަން ގިނަވަނީމިހެން ވެގެން. އެބަޔެއްގެ ސަރުކާރުގެ ވެރިކަމުގަ ކާނެ ވަރަކަށް ކައިފަ ދެން އަންނަ ސަރުކާރަކުން ވެސް މިބޭނުންވަނީ ހަމަ ކެވުނު ވަރަކަށް ކާން. 5 އަހަރު މިލިބެނީ ގެންދެވުނު އެއްޗެއް ގެންދަން. ނޮންސްޕޯކަން ރޫލްއެއް އެއީ ޖެހިގެން އަންނަސަރުކާރަކުން އިސްވެދިޔަ ސަރުކާރު މީހުންނަށް ފިޔަވަޅުނޭޅުން. ފިޔަވަޅެއް އެޅިޔަސް މިދުއްވާލަނީ މިޑިލްމޭން. ޕޮލިޓިކަލް ބޮސް މިހުންނަނީ އަނެއްކާވެސް ދައުރެއް ލިބެންދެން 5 އަހަރުގެ ބްރޭކެއްގަ.
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި