ކ. މާލެ
|
21 ޖުލައި 2020 | އަންގާރަ 12:20
ފުލުހުން މަގުމަތި ބަލަހައްޓަނީ: ގިނަ ބަޔަކު ލޮކްޑައުން އަމުރާ ހިލާފްވި، އަދި ގިނަ ބަޔަކު ޖޫރިމަނާ ވެސް ކުރި
ފުލުހުން މަގުމަތި ބަލަހައްޓަނީ: ގިނަ ބަޔަކު ލޮކްޑައުން އަމުރާ ހިލާފްވި، އަދި ގިނަ ބަޔަކު ޖޫރިމަނާ ވެސް ކުރި
ޕޮލިސް
ލޮކްޑައުން އަމުރާ ހިލާފުވި މީހުން
ލޮކްޑައުން އަމުރާ ހިލާފުވި މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި
 
ލޮކްޑައުން އަމުރާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ތަންފީޒުކޮށް، އެފައިސާ ހޯއްދެވުމަށް ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުން
 
ލޮކްޑައުން އަމުރާ ހިލާފުވެގެން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމައި އަނބުރާ ފޮނުވާލުން
 
ލޮކްޑައުން އަމުރާ ހިލާފުވެގެން ކޯޓަށް ހުށަހަޅާފައިވާ ދައުވާތައް އަނބުރާ ނަގައި، ފުލުހުންގެ އިދާރާއަށް އަނބުރާ ފޮނުވާލުން

ކޮވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދަށް އިއުލާން ކުރި ފުރަބަންދާ ހިލާފުވި މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ނިންމައިފިއެވެ.

ޕީޖީ އޮފީހުން އަންގާރަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ލޮކްޑައުން އަމުރާ ހިލާފްވެގެން ދައުވާކޮށް، ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަތައް އަނބުރާ ގެނެސް، ފުލުހުންގެ މުއައްސަސާއަށް އަނބުރާ ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ލޮކްޑައުން އަމުރާ ހިލާފުވެގެން ފުލުހުންގެ އިދާރާއިން ތަހުގީގުކޮށް، ޕީޖީ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމައި އަނބުރާ އެ މުއައްސަސާއަށް ފޮނުވާލުމަށެވެ.

ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާ ނުކުރަން ނިންމި މައިގަނޑު ސަބަބެއް ކަމަށް ޕީޖީގެ އޮފީހުން ބުނެފައިވަނީ، ލޮކްޑައުންއާ ހިލާފު ވެގެން ފިޔަވަޅު އަޅާނަމަ އެންމެންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭނީ ހަމަހަމަކަމާއެކު ކަމަށްވާތީ ކަމަށެވެ. އަދި ބައެއް މީހުން ލޮކްޑައުންއާ ހިލާފުވެފައި ވަނީ މަޖުބޫރު ވެގެން ކަމަށް ގަބޫލު ކުރެވޭތީ މިކަމުގައި ޖިނާއީ ކުށުގެ ރިކޯޑެއް އުފަން ކުރުމަކީ މުޖުތަމައުގެ އާންމު މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް ދެކޭތީ ކަމަށެވެ.

އެހެންކަމުން، ޕީޖީ އޮފީހުގެ އެނިންމުމާ އެއްގޮތަށް، ލޮކްޑައުން އަމުރާ ހިލާފުވެގެން ޝަރުއީ ކޯޓުތަކަށް ހުށަހެޅި ޖިނާއީ އެންމެހައި ދައުވާތައް ކޯޓުން އަނބުރާ ގެނެސް ފުލުހުންގެ މުއައްސަސާއަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

ލޮކްޑައުން އަމުރާ ޙިލާފުވީ ފަރާތްތަކުގެ މައްޗަށް ދައުވާ ނުއުފުލަން ނިންމި ނަމަވެސް، ލޮކްޑައުން އަމުރާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ތަންފީޒުކޮށް، އެފައިސާ ހޯއްދެވުމަށް ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމަށް ދައުލަތުގެ މުއައްސަސާތަކުގައި ދެންނެވުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ