ކ. މާލެ
|
21 ޖުލައި 2020 | އަންގާރަ 02:39
މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ
މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ
މަޖިލިސް
އާޒިމްއާ ރޮޒެއިނާގެ ދެބަސްވުން
ބިލުގެ މައްސަލާގައި ރޮޒެއިނާއާ އާޒިމްގެ ދެބަސްވުމެއް
 
ބިލަށް ހިޔާލު ހޯދުމަށް އާދިއްތަ ދުވަހު ބައްދަލުވުމެއް ބޭއްވި
 
އިންތިއާ ރޮޒެއިނާއާ ދެމެދުވެސް ބަހުގެ ހަމަލާތަކެއް ރައްދުކުރި
 
މައްސަލަ ފެށުނީ ރޮޒެއިނާ ކުރެއްވި ޓްވީޓަކާއި އެކު

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްއާ، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމްއާ ދެމެދު ދެބަސްވުންތަކެއް އުފެދި، ޓްވީޓާގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފިއެވެ.

އެމްޑީޕީގެ ދެ މެމްބަރުންގެ ދެމެދު ދެބަސްވުންތައް އުފެދުނީ، އޭޑީކޭގެ ޑރ. އަލީ ނިޔާފް ދައްކަވާފައިވާ ވާހަކައެއްގެ ވީޑިއޯ ހިއްސާ ކުރައްވައި، ރޮޒެއިނާ ކުރެއްވި ޓްވީޓަކާއި އެކުއެވެ.

އާދިއްތަ ދުވަހުގެރޭ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އޭޑީކޭގެ ޑރ. އަލީ ނިޔާފް ވިދާޅުވީ، ސިއްހީ މާހިރުންގެ ލަފާ ނެތް ނުކުތާއެއް ބިލުގައި އޮތުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ޑރ. ނިޔާފް އެހެން ވިދާޅުވި ވީޑީއޯ ޓްވިޓާގައި ހިއްސާކުރައްވާ އެ ވާހަކަތަކަށް ތާއިދު ކުރައްވަމުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ ވިދާޅުވީ، ކޮމިޓީން ބިލް ދިރާސާ ކުރާއިރު ޑރ. ނިޔާފްގެ ހުރި ކަންބޮޑުވުންތަކަށްވެސް އަލިއަޅުއްވާލާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރޮޒެއިނާގެ އެ ޓްވީޓަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ، ބިލުތަކާއި ގުޅޭ ގޮތުން ޗީފްވިޕްގެ ހިޔާލުތަކާއި، މަޝްވަރާތައް ކުރަން ޖެހޭނީ ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ކަމަށާއި، ޝޯޝަލް މީޑިއާގައި ނޫން ކަމަށެވެ. މިއީ މަޝްހޫރުކަން ހޯދުމަށް ބާއްވާ މުބާރާތެއް ނޫން ކަމަށާއި، އަމިއްލަ މަންފާއަށް އެޖެންޑާ ޕްރޮމޯޓް ކުރުމަކީ ދެރަ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ރޮޒެއިނާގެ ވާހަކަތަކަށް ނުރުހުން ފާޅުކުރައްވަމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އާއްމުންގެ ތެރޭގައި ވާހަކަ ދެއްކުމުގެ ކުރިން ބިލުގައި އޮތް އެއްޗެއް ވިދާޅުވި ކަމާއި މެދުވެސް ޝައްކު އުފެދޭ ކަމަށެވެ. އިންތި އެހެން ވިދާޅުވުމުން، ދެ މެމްބަރުންވެސް ގެންދެވީ އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ފޮނުވަމުންނެވެ.

އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ، ޑރ. ނިޔާފް ދެއްކި ވާހަކަތަކަށް ޕަބްލިކް ގައި އެއްބަސްވީ މުހިއްމު ސަބަބުތަކަކަށްޓައި ކަމަށެވެ. އަދި އެއީ އާއްމުންގެ ހިޔާލު ހޯދަން ބޭއްވި ފޯރަމަކަށްވާތީ ކަމަށެވެ. އެ އިސްލާހަކީ މަޖިލީހުގައި ބަހުސް ކުރެވޭ އިސްލާހަކަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ ހުންނެވީ، އޭނާއާ ގުޅޭ ގޮތުން އާޒިމް ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ހައިރާންވެ ވަޑައިގެންފައެވެ. ''ފްރީޑަމް އޮފް އެކްސްޕްރެޝަން'' ނުވަތަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮބައިތޯ ވިދާޅުވެ ސުވާލު މާކް ޖައްސަވަމުން ރޮޒެއިނާގެ ޓްވީޓް ނިންމަވާލެއްވިއެވެ.

އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކަށް ހުރަސް އަޅުއްވަނީއެއް ނޫން ކަމަށެވެ. ނަމަވެސް ޒިންމާދާރު މަގާމެއްގައި ހުންނަވައި، ޕާޓިން ކުރާ ކަންތައްތަކަށް ޕަބްލިކްގައި ފާޑު ވިދާޅުވުމުގެ ބަދަލުގައި ޕާޓީގައި ތެރޭގައި މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ޕާޓީގެ ލީޑަރުންނަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް
21 ޖުލައި 2020 | އަންގާރަ 06:49
ތިމަންނަ
ޕާޓީ ސިސްޓަމަކީ ގަ އުމުގެ " ހަލާކަށް " ވިޔަ ނުދެއްވާށެވެ
ގުޅުންހުރި