ކ. މާލެ
|
21 ޖުލައި 2020 | އަންގާރަ 00:12
މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ދަރަވަންދޫ ހެލްތް ސެންޓަރ
ދަރަވަންދޫ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ސެންޓަރެއް ގާއިމްކުރުމަށް ހަވާލުކޮށްފި
 
ޕްރޮޖެކްޓުގެ ދަށުން ދަރަވަންދޫ ސިއްހީ މަރުކަޒުގައި ފުލްފްލެޖް އިމަޖެންސީ ސެންޓަރަކާއި، ޓްރެއިންން ދެވޭނެ ފެސިލިޓީސް އަކާއި، އޮފީސް ޖާގަ އިތުރުވެގެން ދާނެ
 
މި ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ހިންގާ ޕްރޮޖެކްޓް އެއް

ބ. ދަރަވަންދޫ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ސެންޓަރެއް ގާއިމު ކުރުމަށް އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނީ މި ޕްރޮޖެކްޓަކީ އިންޑިޔާ ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން ހަރަދު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓް އެއް ކަމަށެވެ.

މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 8,450,295.94 ރުފިޔާ (އައްމިލިޔަން ހަތަރުސަތޭކަ ފަންސާސް ހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ ނުވަދިހަ ހަތަރުލާރި) އެވެ. އަދި މަސައްކަތް އެވޯޑްކުރެވިފައިވަނީ 200 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި ޕްރޮޖެކްޓަށް އިންޑިޔާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 7,469,465.89 ރުފިޔާ ( ހަތްމިލިޔަން ހަތަރުސަތޭކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ އައްޑިހަ ނުވަލާރި) އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 980,830.05 ރުފިޔާ ( ނުވަލައްކަ އައްޑިހަ ހާސް އައްސަތޭކަ ތިރީސް ރުފިޔާ ފަސްލާރި) ޚަރަދު ކުރާނެއެވެ.

މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން އެވެ. އަދި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްލަޠީފް އެވެ.

މިވަގުތު ހެލްތު ސެންޓަރުގައި އިމަޖެންސީ ފަރުވާދޭ ބައެއް ހެދިފައި ނެތުމުގެ ސަބަބުން ޢިމަޖެންސީގައި ފަރުވާދޭން ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް ދަތިވެއެވެ. އަދި ބ. އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓް ހިމެނޭ އަތޮޅަކަށް ވުމާއި، ދަރަވަންދޫގައި ޑޮމެސްޓިކް އެއަރޕޯރޓެއް އޮތުމުން އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތް ތަކަށް މިހާރު ދިމާވާ ދަތި މި އިމާރާތް ހެދުމުން ހައްލުވެ ހިދުމަތް ދިނުމުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެއެވެ. މި ޕްރޮޖެކްޓުގެ ދަށުން ދަރަވަންދޫ ސިއްހީ މަރުކަޒުގައި ފުލްފްލެޖް އިމަޖެންސީ ސެންޓަރަކާއި، ޓްރެއިންން ދެވޭނެ ފެސިލިޓީސް އަކާއި، އޮފީސް ޖާގަ އިތުރުވެގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި