ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 17:41
މިނިސްޓްރީ އޮފް އެންވައިރޮމެންޓް ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މިނިސްޓްރީ އޮފް އެންވައިރޮމެންޓް ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެންވަޔަރަމެންޓް މިނިސްޓްރީ
ކަރަންޓު ބިލުގެ މައްސަލަ
ސަބްސިޑީ ކަނޑާލުމާއިއެކު ޖުލައި މަހުގެ ކަރަންޓު ބިލަށް ބަދަލުތަކެއް އަންނާނެ
 
ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބިލް ބޮޑުވާ މައްސަލަ ފެންމަތިވޭ
 
"ބޭކާރު ގޮތުގައި ކަރަންޓު އިސްރާފު ކުރުން ހުއްޓައިލާން ޖެހޭ"

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ގޭބިސީތަކަށް ދެމުން ގެންދިޔަ ސަބްސިޓީ ކަނޑާލުމާއި އެކު ކަރަންޓުގެ އަގު ޖުލައި މަހު ބޮޑުވާނެ ކަމަށް ސްޓެލްކޯ އަދި ފެނަކައިން ބުނެފިއެވެ.

ހޯމަ ދުވަހު އެންވައިރޮމެންޓް މިނިސްޓްރީގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވައިރޮމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ބޮޑުވަނީ ހޫނު މޫސުމުގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމުން ކަމަށާއި، އެގޮތުން ގޭބިސީތަކުގައި ކުރެވޭ ކުޑަކުޑަ ކަމަކުންވެސް ކަރަންޓުގެ އަގު ބޮޑުވާކަމަށެވެ. އަދި ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބޭނުންވާ މިންވަރު އިތުރުވާ ކަމަށާއި އެހެންކަމުން ހޫނު ގަދަ ދުވަސްވަރު ކަރަންޓުން އިސްރާފުކުރުން މަދު ކުރަން ޖެހޭ ކަމަށެވެ.

ލޮކްޑައުންގައި ކަރަންޓު ބޭނުންކުރި ވަރަށް މި ދުވަސްވަރު ކަރަންޓު ބޭނުން ކުރަމުން އަންނަނަމަ ކަރަންޓު ބިލްގެ އަގު ބޮޑުތަނުން ބޮޑުވެދާނެ ކަމަށް ވެސް އަހުމަދު އަލީ ވިދާޅުވިއެވެ. އަހުމަދު އަލީ އިތުރަށް ވިދާޅުވީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހަކީ ކަރަންޓުގެ އަގު ބޮޑުވާ މަހެއް ކަމަށާއި މިހެން މިކަންވަނީ އޭޕްރީލް މަހަކީ ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނު މަހަކަށް ވުމުން ކަމަށާއި މިކަން ރައްޔިތުން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި ސްޓެލްކޯގެ ފަރާތުން ބައިވެރިވެލެއްވި ހުސެއިން ފަހުމީ ވިދާޅުވީ ކަރަންޓުގެ އަގު ބޮޑުވާ މައްސަލައިގައި އެ ކުންފުނިން ދިރާސާއެއް ހަދައިފައިވާ ކަމަށާއި އެއިން ދައްކާ ގޮތުން ކަރަންޓުގެ އަގު ބޮޑުވަނީ ބޭކާރު ގޮތުގައި ގޭބިސީތަކުގައި ކަރަންޓު ބޭނުން ކުރަމުން ގެންދާތީ ކަމަށެވެ.

ހޫނު ގަދަ ދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރެއްގެ ވެސް ކަރަންޓު ބިލް ބޮޑުވާ މައްސަލަ އަންނަނީ ފެންމަތި ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް
21 ޖުލައި 2020 | އަންގާރަ 11:10
އަލީ
ޖަރީމާ ސަރުކާރު. ވޯޓް ލެވުނީ ތީ ހިތާމަ ކުރަން. ރައްޔިތުން ފެލާ ސަރުކާރު. ހަނާވެ ނިމިއްޖެ. އިސްތިއުފާދީފަ ގެއަށް ދޭ ރައީސް.