ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 17:56
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފައިލް ފޮޓޯ:-
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފައިލް ފޮޓޯ:-
ރައްޔިތުންގެ މަޖިލިސް
ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ
ފައްޔާޒްގެ ޚިޔާލުފުޅަކީ ފަސްލައްކަ ޑޮލަރު އިންވެސްޓުކުރުމުން ރެޒިޑެންސް ވިޒާ ދިނުން!
 
ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމުގެ މުހިއްމުކަން މެމްބަރުން ވަނީ ފާހަގަކުރައްވާފަ
 
މުސްތަގުބަލުގައި މިއީ ކާމިޔާބު ކަމަކަށް ވާނަމަ އަގުތަކަށް ބަދަލުގެނެވިދާނެ ކަމަށް މިނިސްޓަރ ވިދާޅުވި
 
ރެޒިޑެންސީ ވިސާއަކީ ސިޓިޒެންޝިޕް ދިނުން ނޫންކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވި

ރެޒިޑެންސް ވިޒާއަށް ޝަރުތު ހަމަވާ އަދަދަކަށް ބައި މިލިއަން ޑޮލަރުކަމަށް ހަމަޖައްސަން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ހުށައަޅުއްވައިފިއެވެ.

ހޯމަ ދުވަހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ އިމިގްރޭޝަންގެ ބިލް ދިރާސާ ކުރުމަށް ކަމާބެހޭ އިދާރާތައް ހާޒިރުކޮށްފައެވެ.

ވަކި އަދަދަކަށް އިންވެސްޓުކުރުމުން ރެޒިޑެންސް ވިޒާ ދިނުމާއި ގުޅިގެން މިނިސްޓަރާއި ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ވިދާޅުވީ އިންވެސްޓުކުރާ އަދަދު ކުޑަކުރުމަކީ ރަނގަޅު ޚިޔާލެއްކަމަށެވެ. އަދި ފިކްސްޑް ޑިޕޮސިޓްއަކަށް، ނުވަތަ އިންވެސްޓްމެންޓް އެއް މިލިއަން ޑޮލަރުން ބައިމިލިއަން ޑޮލަރަށް ކުޑަކުރުމަކީ ރަނގަޅު ޚިޔާލެއްކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އަދަދުތައް ކުޑަކޮށްލުމަކީ ވަރަށް ރަނގަޅުކަމެއް އިނގޭތޯ. ޚާއްސަކޮށް އަޅުގަނޑުގެ ވިސްނުންވެސް ހުރީ ފަސް ލައްކައާއި ހިސާބަށް، ބައި މިލިއަނާއި ހިސާބަށް އެކަން ކުޑަކުރަން އިނގޭތޯ. ފަސް ލައްކަ ޑޮލަރުގައި ފިކްސްޑް ޑިޕޮސިޓް ބެހެއްޓީމަ ނުވަތަ ފަސް ލައްކަ ޑޮލަރުގެ އިންވެސްޓްމެންޓެއް ހެދީމަ ވެސް ރެޒިޑެންސް ވިޒާއެއް ދިނުމުގެ ފުރުސަތު.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ކޮމިޓީގެ މެމްބަރުން ވިދާޅުވެފައިވަނީ ކޮމިޓީން ބޭނުންވަނީ ރާއްޖެއަށް ވަންނަ އިންވެސްޓްމެންޓްތައް އިތުރުކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމުގެ މުހިއްމުކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މުސްތަގުބަލަށް ނުބަލާ ރެޒިޑެންސް ވިޒާ ދޫކުރާ އަދަދު ތިރިކުރުމަކީ ބުއްދިވެރިކަމެއްތޯ މެމްބަރަކު އެއްސެވި ސުވާލަށް ޖަވާބުދެއްވަމުން ފައްޔާޒު ވިދާޅުވީ އަގަށް ބަދަލު ގެންނަން ޖެހެނީ މިހާރު ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކާމިޔާބު ކަމެއް ކަމަށް ފާހަގަވެފައިނުވާތީ ކަމަށެވެ. އަދި މުސްތަގުބަލުގައި މިއީ ކާމިޔާބު ކަމަކަށް ވާނަމަ އަގުތަކަށް ބަދަލުގެނެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރެޒިޑެންސީ ވިސާއަކީ ސިޓިޒެންޝިޕް ދިނުމެއް ނޫން ކަމަށާއި އެއީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް އުޅޭ ކަމަށް ވާނަމަ ބޭނުން އިރަކު އައިސް ގޮސް އުޅުމަށް މަގުފަހިކުރުވާ ވިޒާއެއް ކަމަށެވެ.

ރާއްޖެއަށް ވަދެ ނުކުތުމުގެ އިތުރުން ރެޒިޑެންސް ވިޒާގެ ދަށުން ލިބޭ ޚާއްސަ އިނާޔަތްތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެވެސް އުސޫލެއްގެ ދަށުން އެފަރާތްތަކަށް ސިއްހީ ފަރުވާއާއި ތައުލީމު ހޯދޭނެ ގޮތެއް އޮތުމަކީ ބުއްދެވިކަމެއް ކަމަށެވެ. މިވަގުތު ރާޢްޖެއަށް ވަދެ ނުކުމެ އުޅުން ނޫން އެއްވެސް ކަމެއް އިނާޔަތެއް ދިނުމަށް ކަނޑައެޅިގައިނުވާކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ މިހާރު ވިސްނުން ހުރީ ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށް މަގުފަހި ކުރުން ކަމަށެވެ.

ދާދިފަހުން، 100،000ރ. އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިޒާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ ކަމަށް ޚަބަރު ފެތުރިގެން ދިޔައެވެ. މިކަމާއި ގުޅިގެން އާއްމުން ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު އެމަނިކުފާނުވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް
21 ޖުލައި 2020 | އަންގާރަ 11:26
ތަހެން ވިއްޔާ، އިންޑިޔާ ގޮލަޔަކު ތިޔަވިސާ ނުނަގާނެ.