ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 19:32
އއ މަތިވެރި
އއ މަތިވެރި
މަތިވެރި ތުނޑި އިން
އއ މަތިވެރީގެ ޓޫރިޒަމް ޒޯނު
އއ މަތިވެރީގެ ޓޫރިޒަމް ޒޯނު ޓޫރިޒަމް މިނިސްޓްރީން އަމިއްލަ ފަރާތަކަށް 50 އަހަރަށް ކުއްޔަށްދިން މައްސަލަ އަލުން އަނބުރާ ކޮމިޓީއަށް
 
ކޮމިޓީން ވަނީ ތިން ކަމެއް ފާހަގަކޮށްފައި
 
64 މެމްބަރުން ވަނީ މިކަން އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާލުމަށް ވޯޓު ދީފައި

އއ.މަތިވެރީގެ ޓޫރިޒަމް ޒޯން 1 އަދި ޓޫރިޒަމް ޒޯން 2 މިނިސްޓްރީ އޮފް ޓޫރިޒަމްއިން އަމިއްލަ ފަރާތަކަށް 50 އަހަރަށް ކުއްޔަށްދޭން ނިންމި ނިންމުމާ ގުޅިގެން އއ.މަތިވެރި ކައުންސިލުން ހުށަހަޅާފައިވާ މައްސަލަ ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންވެސް ވަނީ މިމައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ވޯޓު ދެއްވާފަ އެވެ. މިމައްސަލައަކީ އއ. މަތިވެރީގެ ޓޫރިޒަމް ޒޯން 1 އަދި ޓޫރިޒަމް ޒޯން 2 މިނިސްޓްރީ އޮފް ޓޫރިޒަމުން އަމިއްލަ ފަރާތަކަށް 50 އަހަރަށް ކުއްޔަށްދޭން ނިންމި ނިންމުމާ ގުޅިގެން އއ މަތިވެރި ކައުންސިލުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.

މިމައްސަލައާ ގުޅިގެން ކޮމިޓީން ވަނީ އއ މަތިވެރި ކައުންސިލްގެ ކައުންސިލަރުންނާ މި ކޮމިޓީން ބައްދަލުކޮށްފައިއެވެ. އަދި ކޮމިޓީއަށް ފާހަގަކުރެވޭ ތިން ކަމެއް ވަނީ ކޮމިޓީ ރިޕޯޓްގައި ހިމަނާފައެވެ. ކޮމިޓީން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ފާހަގަކޮށްފައިވާ އެއް ކަމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލްގެ އިޚުތިޞާސްގެ ތެރޭގައިވާ ވަސީލަތްތަކާއި ބިންތަކާއި ނުއުފެލޭ ހަރު މުދަލުން ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުލި ނަގަމުންދާނަމަ އެ ކުލި ކައުންސިލްގެ އާމްދަނީއަށް ބަދަލުވާނެ އިންތިޒާމު އެ ޤާނޫނަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އެ އިދާރާއަކުން އެކުންސިލަކާއި ގުޅިގެން ހަމަޖައްސަންވާނެކަމަށެވެ. އެހެންކަމުން މަތިވެރި ކައުންސިލްގެ 2 ބިން ކުއްޔަށްދިނުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ރިޗް ކްލަބް މޯލްޑިވްސް އާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ މަންފާތަކާއި ޒިންމާތައް ކައުންސިލަށް ނަގުލުކުރުމުގެ ގޮތުން އެ އެއްބަސްވުމަކީ ކައުންސިލާއި ރިޗް ކްލަބް މޯލްޑިވްސް އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ގޮތަށް އެއްބަސްވުން އިސްލާހުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ލާމަރުކަޒީ ޤާނޫނާއި ރާއްޖޭގައި އަމަލުކުރަމުންދާ އެހެން ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގައި ބިން ދޫކުރުމާއި ލާމަރުކަޒީ ނިޒާމާއި ކައުންސިލްތަކަށް ލިބޭ ބާރުތަކާ ގުޅޭގޮތުން ހުރި ފުށުއެރުންތައް އެޓަރނީ ޖެނެރަލްގެ އޮފީހުން ދިރާސާކޮށް އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ކޮމިޓީން ވަނީ ހުށަހަޅާފަ އެވެ.

ކޮމިޓީއަށް މި ރިޕޯޓް އަލުން ދިރާސާކުރުމަށް ފޮނުވާލާފައިމިވަނީ މިކަމާއި ގުޅޭ ވާހަކަތަކެއް ކައުންސިލާއި ރިޗް ކްލަބް މޯލްޑިވްސް އިން ދައްކަމުން ދަނިކޮށް މަތިވެރި ބިމެއް މިނިސްޓްރީން އެރަށަށް އެއްވެސް ފައިދާއެއް ނުލިބޭގޮތަށް ދޫކޮށްފައިވާތީ މިކަން މިއަށްވުރެ ބޮޑަށް ތަފްސީލީ ގޮތަކަށް ކޮމިޓީން ބެލުމަށް އެދި އެވެ. މިރިޕޯޓަށް ވާހަކަ ދެއްކެވި އއ އަތޮޅުގެ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުން ވަނީ މިއެއްބަސްވުމަކީ ކައުންސިލްތަކަށް ޤާނޫނުން ލިބިދޭ ބާރާ ފުށުއަރާ ގޮތަށް ހަދާފައިވާ އެއްބަސްވުމެއްކަން ފާހަގަކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ