ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 18:03
ތައި އެއާރވޭސް، ބެންކޮކް އިންޓަރނޭޝަނަލް އެއާރޕޯޓް
ތައި އެއާރވޭސް، ބެންކޮކް އިންޓަރނޭޝަނަލް އެއާރޕޯޓް
ނިއުސް.ބީއެންޓީ
ދިވެއްސެއް ތައިލެންޑްގައި ތާށިވުން
ރާއްޖެ އަންނަން ލިބުނު ފުރުސަތުގައި ނައިސް، ތައިލެންޑްގައި ތާށިވުމުން ބަދުނާމުކުރަނީ ސަރުކާރު!
 
ފޮރިން މިނިސްޓްރީން ބުނީ އުސޫލުތަކުގެ ބޭރުން ރައްޔިތުންގެ ފައިސާ ޚަރަދު ނުކުރެވޭނެ ކަމަށް
 
ބޭނުންވާ އިތުރު މައުލޫމާތުތައް ހޯދަން އެދުމުން އެމައުލޫމާތު އޭނާ ފޯރުކޮށްދީފައި ނުވޭ
 
ރާއްޖެއަށް އައި ރިޕަޓްރިއޭޝަން ފްލައިޓްތަކުގައިވެސް ރާއްޖެ އައުމަށް އޭނާ އެދިފައިނުވޭ

ތައިލެންޑްގައި ވަރަށް ހާލުގައި އުޅޭ ދިވެއްސަކަށް ސަރުކާރުން އަޅާނުލިކަމަށް ބުނާ ވާހަކަތައް ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ތައިލެންޑްގައި ހުރި ދިވެއްސަކު ހާލުގައި ޖެހިފައިވާކަމަށާއި، އެމީހާއަށް އަޅާނުލާކަމަށް ރާއްޖޭގެ މީޑިއާއެއްގައި ރިޕޯޓްކޮށް އަދި ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ފޮރިން މިނިސްޓްރީއަށް ގުޅުމުން އެމިނިސްޓްރީ އިން ބުނީ ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށްވެސް އުސޫލުކުތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވީ މީޑީއާގައި ރިޕޯޓްކޮށްފައިވާ މީހާއަކީ ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވެފައިވާ މީހެއް ނޫންކަމަށެވެ. އަދި ތައިލެންޑުން ރާއްޖެއަށް އައި ރިޕަޓްރިއޭޝަން ފްލައިޓްތަކުގައިވެސް ރާއްޖެ އައުމަށް އޭނާ އެދިފައިނުވާކަމަށާއި، އެންމެ ފުރަތަމަ އެމްބަސީއާއި ގުޅާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުކަމަށެވެ.

މާލީ އެހީތެރިކަމަށް އެދޭ ފޯމް އޭނައަށް ފޮނުވިކަމަށާއި، އެ ފޯމް ފުރުމަށްފަހު އަނބުރާ އެމްބަސީއަށް ފޮނުވާފައިވަނީ ހަފްތާއެއް ފަހުންކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ބޭނުންވާ އިތުރު މައުލޫމާތުތައް ހޯދަން އެދުމުން އެމައުލޫމާތު އޭނާ ފޯރުކޮށްދީފައި ނުވާކަމަށާއި، މައުލޫމާތު ފުރިހަމަނުވެ، އުސޫލުތަކުގެ ބޭރުން ރައްޔިތުންގެ ފައިސާ ޚަރަދު ނުކުރެވޭނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި، ބޭނުންވާ މައުލޫމާތު ފޯރުކޮށް ނުދެވޭނެމަ އޭނާއަށް އާއިލާއާއި ގުޅައިގެންވެސް އެހީތެރިކަން ހޯދިދާނެކަން އަންގައި، އެކަމުގައި އެހީތެރިވެދޭނެކަންވެސް އަންގާފައިވެއެވެ. އަދި އެއް ފަހަރު އާއިލާއިން ފޮނުވި ފައިސާ އޭނާއަށް ހަވާލުކުރުމުގައިވެސް އެމްބަސީއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ތައިލެންޑްގައި އުޅެމުން އައީ އެގައުމުގެ އިމިގްރޭޝަން ގާނޫނާ ޚިލާފަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން ރާއްޖެ.އެމްވީ އިން ދެންނެވި ސުވާލަށް މިއުވާން ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ތައިލެންޑުން އެކި ފަހަރުމަތިން ރިޕަޓްރިއޭޝަން ފްލައިޓްތައް ބޭއްވިއިރު އެމީހާ އަނބުރާ ރާއްޖެ ނައީ ކީއްވެކަމެއް އަދި އެމްބަސީއަށް ނޭންގީ ކީއްވެކަމެއް ސާފުވެފައެއް ނުވެއެވެ. މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީއިން ހަމައެކަނި ބުނެލީ އެމީހާ އެމްބަސީގައި ރަޖިސްޓްރީވެފައި ކުރިން ނެތްކަމަށާއި، ރާއްޖެ އައުމަށް އެހީތެރިކަމަށްވެސް އެދިފައި ނުވާކަމަށެވެ.

މިއުވާން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތާށިވި ގިނަ އަދަދެއްގެ ބަޔަކަށް މާލީ އެހީތެރިކަން ދީފައިވާކަމަށާއި، އެހެންނަމަވެސް އެހުރިހާކަމެއް ހިނގާފައިވާނީ އުސޫލުތަކުގެ ތެރެއިންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
65%
0%
6%
12%
0%
18%
ކޮމެންޓް
22 ޖުލައި 2020 | ބުދަ 00:31
https://www.facebook.com/maaleganfutsalchallenge/
21 ޖުލައި 2020 | އަންގާރަ 05:50
ޢަހުމަދު
ޢެ އޮންނައުސޫލަކުންދޯކަންކުރެވޭނީސަރުކާރުންވީއެމީހާހުރިތާކުންނަގަިގަނެގެންގެނެސްގެައައްލަިދޭން ސަރުކާރު ބަދުނާމުކޮއްގޯސްކުރަންބައެއްމީހުންކަންކުރާގޮތް