ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 14:57
ނިއުމަތު ޝަފީގު
ނިއުމަތު ޝަފީގު
ޓްވިޓަރ
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އައްޔަނުކުރުން
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ނިއުމަތު އައްޔަނުކުރުމަށް ފާސްކޮށްފި
 
ނިއުމަތަށް ރުހުންދިނުމަށް 70 މެމްބަރުން ވޯޓު ދެއްވި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 113 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ނިއުމަތު ޝަފީގު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި މަގާމަށް މ. މާފުށިގެ ނިއުމާތު ޝަފީގް އައްޔަނުކުރެއްވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު ދިރާސާ ކުރެއްވި ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމާފައިވަނީ ނިއުމަތު އެމަގާމަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ. އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުން ވަނީ ނިއުމަތު އެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:

  1. ދައުލަތުގެ އިދާރާތަކުން ޤާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބާރުއެޅުން
  2. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ މުއާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ، އެ މުއާހަދާއާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން
  3. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް އިވެލުއޭޓްކުރުން
  4. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް