ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 14:54
ޖުޑީޝަލް ސަރވިސް ކޮމިޝަން: ފަނޑިޔާރުންގެ ސުލޫކީ ގިނަ މައްސަލަތަކެއް އެކޮމިޝަނަށް ހުށަހެޅި ބަލަމުންދޭ
ޖުޑީޝަލް ސަރވިސް ކޮމިޝަން: ފަނޑިޔާރުންގެ ސުލޫކީ ގިނަ މައްސަލަތަކެއް އެކޮމިޝަނަށް ހުށަހެޅި ބަލަމުންދޭ
ރާއްޖެއެމްވީ
މައުސޫމް ފަނޑިޔާރުކަމުން ވަކިކުރުން
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތު ނަންގަވާފައިވާތީ، ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް!
 
ޖިންސީ ފުރައްސާރައިގެ އަމަލެއްވެސް ހިންގާފައިވޭ
 
މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ އޭނާގެ ބޭންކް އެކައުންޓަށް ވަދެފައިވޭ
 
މައްސަލައެއް ނިންމުމުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވޭ

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވާފައިވާތީ، އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ހޯމަ ދުވަހު ޖޭއެސްސީ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހދ. ޖުޑިޝަރީ ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމް އާގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއްގެ ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ންނަގަވާފައިވާކަމާއި، އިސް މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

މީގެއިތުރުން، މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، މައުސޫމްގެ ބޭންކް އެކައުންޓަށް ވަދެވަފައިވާ ގިނަ އަދަދެއްގެ ފައިސާ އަކީ ނާޖާއިޒު ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށް ވެސް ޖޭއެސްސީގެ ތަހުގީގުން ހާމަވާ ކަމަށް ބުނެފައިވެއެވެ.

ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް، އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު މައުސޫމް ހިތާފައިވާކަމާއި، އަދި މައުސޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ޖޭއެސްސީން ހިންގި ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 7 ވަނަ މާއްދާއާއި 32 ވަނަ މާއްދާއާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ހޮނިހިރު ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ނޫސްބަޔާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް