ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 13:34
ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރަނީ
ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރަނީ
ޕްލޭނިން މިނިސްޓްރީ
ގުޅީފަޅު މަޝްރޫޢު
ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް ބަދަލު ދިނުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރަން ފަށައިފި
 
ގުޅީފަޅުގެ މަޝްރޫއު ފަށާފައިވަނީ 2010 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގަ
 
ސޮއި ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި
 
ސޮއިކުރުމުގެ މަސައްކަތް މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ

"ގުޅީފަޅު މަޝްރޫޢު" ގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށް ބަދަލު ދިނުމުގެ އެގްރީމަންޓްތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފަށަފައިފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓަރކްޗަރ އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށެވެ. އެގްރީމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަޔަށް ދަނީ މިނިސްޓްރީގައެވެ.

ގުޅީފަޅުގެ މަޝްރޫއު ފަށާފައިވަނީ 2010 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައި އޮތީ 2016 ވަނަ އަހަރުގެ ނިޔަލަށެވެ.

ފުލެޓު ތަރައްޤީކުރުމަށްޓަކައި 2010 ވަނަ އަހަރު ގުޅީފަޅު ތަރައްޤީ ކުރާ ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ) އިން ފުލެޓުގަތުމަށް ފައިސާ ހޯދާފައިވާ އިރު ގާތްގަނޑަކަށް 158 ފަރާތެއްގެ އަތުން 35 މިލިއަން ރުފިޔާ ދައްކައިފައިވެއެވެ. މި ފައިސާ ހޯދުމުގައި އެގްރީމެންޓް ކުރެވިފައިނުވާ އިރު ބައެއް ފަރާތްތަކުގެ އަތުގައި ފައިސާ ދެއްކިކަމުގެ ރިސިޕްޓު ވެސް ނެތެވެ.

ރައީސް ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރުގައި ނިމުމަކަށް އައުމަށްފަހު އެތައް ދުވަހަކަށް ގުޅިފަޅުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓިގެންދިޔައެވެ. މި ހުއްޓުމާއެކު ޢިމާރާތްކުރަމުން އައި ފްލެޓުތަކުގެ މަސައްކަތް ވެސް ހުއްޓުމަކަށް އައެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުން އެއްބަސްވުން ބާތިލުކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ހަވަނަ ދުވަހުއެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ގުޅިފަޅުން ފުލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ހުޅުމާލެއިން ފުލެޓު ދޫކުރާނެ ކަމަށް ބުނި ނަމަވެސް އެ ފަރާތްތަކަށް ފުލެޓު ދީފައެއް ނުވެއެވެ. މިއީ ގުޅިފަޅުގެ ފުލެޓުތަކަށް ފައިސާ ދެއްކި މީހުންގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
67%
0%
0%
ކޮމެންޓް
20 ޖުލައި 2020 | ހޯމަ 17:35
ނަސީމް
ލިޔެ ކިޔުން ނެތްބަޔކައް ފައިސާ ދޫކުރެވޭނެ އުސޫލެއް ބަދަލު ދެވޭނެ ހަމައެއް ބުނެދޭން އެބަޖެހޭ.. މީހަކު ބުނާބުނުމަކައް ތިޔަފަދަ ކަން ކަން ކުރަނީ ދައުލަތު ގެ މާލިއްުޔާ އިން ބޮޑެތި ވައްކަން ކުރަންވެގެން ..