ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 12:11
ރިސޯޓު މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި ވަކަރުފަޅި އައިލެންޑް ރިސޯޓުގެ މުވައްޒަފުން ކުރި މުޒާހަރާގެ ތެރެއިން
ރިސޯޓު މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި ވަކަރުފަޅި އައިލެންޑް ރިސޯޓުގެ މުވައްޒަފުން ކުރި މުޒާހަރާގެ ތެރެއިން
ޓީމް މޯލްޑިވްސް
އިންކަމް ސަޕޯޓް އެލެވެންސް
އިންކަމް ސަޕޯޓް އެލެވެންސްގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 18.1 މިލިއަނަށް
 
ރިކަވަރީ ލޯން ސްކީމުގެ ދަށުން މިހާތަނަށް 350 މިލިއަނަށް ވުރެން ގިނަ ރުފިޔާ ޚަރަދު ކޮށްފައިވޭ
 
އިގްތިސާދު ހުއްޓުމަކަށް އައިސްފައި ވާއިރު، ގިނަ ބަޔެއްގެ ވަޒީފާތައް ވަނީ ގެއްލިފަ
 
4525 މީހަކަށް އިންކަމް ސަޕޯޓް އެލެވެންސް ދޫކޮށްފައިވޭ

ކޮވިޑް-19އާ ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 18.1 މިލިއަން ރުފިޔާ ދޫކުރެވިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

‏މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، ކޯވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ 4525 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ފައިސާ ދޫކުރެވިފައިވާކަމަށެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 5000ރ. އެވެ. މި ފައިސާ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 1 މާރޗް 2020 ވަނަ ދުވަހާ ހަމައަށް ވަޒީފާގައި ދެމިތިބި ފަރާތްތަކާއި، 1 މާރޗް 2020 ވަނަ ދުވަހާ ހަމައަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތްތަކާއި، އަދި އެހެނިހެން ގޮތްގޮތުން އާމްދަނީ ލިބެމުން އައި ފަރާތްތަކެވެ.

އޭގެ އިތުރުން، ރިކަވަރީ ލޯން ސްކީމުގެ ދަށުން މިހާތަނަށް 350 މިލިއަނަށް ވުރެން ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ހުއްޓުމަކަށް އައިސްފައި ވާއިރު، ގިނަ ބަޔެއްގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އެގޮތުން ސަރުކާރުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރަށްވެސް ގިނަ ބަޔަކު މައްސަލަ ހުށައަޅާފައިވާއިރު، މި ރޯގާއާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުންގެ އަދަދު މިހާރު ހުށައެޅޭ އަދަދުތަކަށްވުރެ ގިނަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ބައެއް ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ހޯދުމުގައި ދަތިތަކެއް ހުރިކަމުގެ ޝަކުވާތަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، ހުރިހާ ޝަރުތުތައް ފުރިހަމަވެ އަދި ބޭނުންވާ ލިޔެކިޔުންތައް ހުށައަޅާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް