ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 12:21
ކަރަންޓީން ފެސިލިޓީން ފިލާފައިވާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ، ބަހާދުރު، ކުމިލަ
ކަރަންޓީން ފެސިލިޓީން ފިލާފައިވާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ، ބަހާދުރު، ކުމިލަ
ޕޮލިސް
ކަރަންޓީންގައި ހުރި ބިދޭސީއަކު ފިލައިފި
ކަރަންޓީން ފެސިލިޓީން ފިލި ބިދޭސީއަކު ހޯދަން ފަށައިފި
މިއީ އިކޮނޮމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް
އޭނާއާ ގުޅޭ މައުލޫމާތެއް އިނގޭނަމަ ހުޅުމާލެ ފުލުހުންނަށް ގުޅާ އެންގުމަށް ވަނީ އެދިފަ
އެ މީހާ ހުރީ ހުޅުމާލޭގައި ބިދޭސީން ކަރަންޓީނުކުރާ ފެސިލިޓީއެއްގައި

ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައިހުރި ބަންގްލަދޭޝް މީހަކު ފިލައިގެން އޭނާ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ހުށައެޅީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ،ބަހާދުރު، ކުމިލަ، ބަނގުލަދޭޝް (ޕާސްޕޯޓު ނަންބަރު: BP0762231) އެވެ.

ފުލުހުން ބުނީ، އޭނާއާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު، 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި ބިދޭސީއަކު މީގެ ކުރިން ވެސް ވަނީ ފިލާފައެވެ. މިހާތަނަށް ކަރަންޓީން ފެސިލިޓީތަކުން ފިލައިގެން ނުވަ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކުރިއެވެ.

ބިދޭސީންގެ މައްސަލަތައް ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަށް މައްޗަށް ގޮސްފައިވާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދުވެސް ވަރަށް ގިނައެވެ. އެގޮތުން ދެ ލައްކައެއްހާ ބިދޭސީން ރާއްޖޭގައި އުޅޭއިރު، 65،000 އެއްހާ ބިދޭސީން ރަސްމީ އެއްވެސް ލިޔެކިޔުމެއްނެތި، ގަވާއިދާ ހިލާފަށް އުޅޭކަމަށް އަންދާޒާކުރެވެއެވެ.

- ކޮމެންޓް