ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 12:32
ގައުމީ ސަލާމަތާއި ޚަރީޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، އިބްރާހިމް ޝަރީފް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ގައުމީ ސަލާމަތާއި ޚަރީޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، އިބްރާހިމް ޝަރީފް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރެޒިޑެންޓް ވިސާ
އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށައެއްނާޅަން: ރައީސް ނަޝީދު
 
ބިލް ކޮމިޓީއަށް އަލުން ފޮނުވާލެއްވީ ކޮމިޓީގައި ދެކެވުނު އެއްވެސް ވާހަކައެއް ރިޕޯޓުގައި ނެތުމުން
 
މެމްބަރުން ވަނީ 1 ލައްކަ ޑޮލަރާއި 1 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދުތައް ފާހަގަކުރައްވާފަ

އިމިގްރޭޝަން ގާނޫނަށް އެއްވެސް އިސްލާހެއް ހުށަނާޅުއްވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ގައުމީ ސަލާމަތާއި ޚަރީޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، އިބްރާހިމް ޝަރީފް ދެއްކެވި ވާހަކަތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޮގު ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހުގެ ހަގީގަތް ހޯދުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށައެޅުއްވި ކުއްލި މައްސަލައަށް ވޯޓަށް އެހުމަށް ރަނގަބީލު ޖެހިފަހުން މަޖިލީހުގެ ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަށާއި މެމްބަރުންނަށް ކަމުގެ ހަގީގަތް ސާފުވާން ޖެހޭ ކަމަށެވެ.

އެ ބިލު ދިރާސާކުރާ މުގައްރިރު، އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފު ވިދާޅުވެފައިވަނީ ރިޔާސަތުން ހުށައަޅާފައިވާ އިސްލާހާއި އެކު، އެ ބިލާ މެދު އަލުން ކޮމިޓީގައި ވިސްނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން، ނަޝީދު ހުށައަޅުއްވާފައިވަނީ، މިހާރު ރެޒިޑެންސް ވިޒާ ދޭ ބޭރުގެ ވިޔަފާރިވެރިންނަށް 100،000ރ. އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީންނަށާއި، ދިހަ އަހަރަށްވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ހިފާ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށް ރެސިޑެންސް ވިސާ ދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

މި އިސްލާހު ފާސްވެއްޖެ ނަމަ، ފަސޭހައިން ބިދޭސީންނަށް ރާއްޖެއިން ބިދޭސީންނަށް ރެޒިޑެންސް ވިޒާ ލިބިގެންދާނެ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު އިމިގްރޭޝަންގެ ގާނޫނަށް އެއްވެސް އިސްލާހެއް ހުށަނާޅުއްވާކަމަށެވެ.

އަޅުގަނޑު އުސޫލު އޮންނަ ގޮތުން އަޅުގަނޑަށް ކޮމިޓީ ތަކަކަށް އިސްލާހެއް ހުށައެއްނޭޅޭނެ. އަޅުގަނޑެއް ކޮމިޓީއަށް އިސްލާހެއް ހުށައެއްނާޅަން. އަޅުގަނދު ކޮމިޓީއަށް އިސްލާހެއް ހުށައެޅިކަމަށް ވިދާޅުވީ.... އަޅުގަނޑަކަށް ނުވިސްނޭ، ކޮމިޓީގެ މުގައްރިރު، އެގޮތަށް އެ މައުލޫމާތު ދެއްވީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ރެޒިޑެންސީ ލިބޭ ގޮތަށް އިސްލާހު ހުށައެޅުއްވި ކަމަށް ޚަބަރު ފެތުރެމުންދާއިރު، މިކަމާއި ގުޅިގެން އެމަނިކުފާނު ވިދާޅުވީ އެ އަދަދަކީ ކޮމިޓީގެ އަދަދެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރުން ވަނީ އެއް ލައްކަ ޑޮލަރާއި އެއް މިލިއަން ޑޮލަރާއި ދެމެދުގެ އަދަދުތައް ފާހަގަކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ކޮމިޓީއަށް ހުށައެޅިފައިވާ އިސްލާހުގައިވާ އަދަދު، އަދަދެއްވާކަމެއް، އެވެސް އަޅުގަނޑު ހިތުން، ކޮންމެވެސް ތަނަކުން ނުކުމެފައިވާ އަދަދެއް، އެއްވެސް ހާލެއްގައި އެއީ ކޮމިޓީގެ އަދަދެއް ނޫން، ނުވަތަ އަޅުގަނޑަކަށް ނުވިސްނޭ، މިތާ ތަޅުމުގައި ވާހަކަދައްކަމުން ދިޔައިރުގައި ބައެއް ފަހަރަސް ފާހަގަކުރެއްވި ބައެއް އިއްޒަތްތެރި މެމްބަރުން ފާހަގަކުރެއްވި 1 ލައްކަ ޑޮލަރު، އަނެއް ބައި އިއްޒަތްތެރި މެމްބަރުން ފާހަގަކުރެއްވި ފަސް ލައްކަ ޑޮލަރު، ތަފާތު އަދަދުތައް އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވާފައިވޭ، 1 ލައްކަ ޑޮލަރާއި 1 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދުތައް.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ނިޒާމު ސާފުކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކޮމިޓީއަށް ފޮނުވޭނީ ބިލަކާއި ގުޅިގެން އިބްތިދާއީ ބަހުސްގައި ދެކެވޭ ވާހަކަތައްކަމަށެވެ. އަދި، ބިލު ދިރާސާ ކުރަމުންދާއިރު، އެ ކޮމިޓީން ނިންމައިފިނަމަ އާއްމުންގެ ހިޔާލަށް ހުޅުވާލާ، އެކި ވުޒާރާތަކާއި އިދާރާތަކާއި ބައްދަލުކުރެވޭނެ، ކަމަށެވެ.

އެއަށް ފަހު ކޮމިޓީއަށް ލިބުނު ހުރިހާ މައުލޫމާތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލާ، ތަޅުމަށް ފޮނުވޭނެ ކަމަށެވެ. ނަޝީދު ވިދާޅުވީ، ތަޅުމުގައި ފާހަގަކުރެވުނު ކަންކަން އެ ރިޕޯޓުގައިވޭތޯ ބެލުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކޮމިޓީއަށް އަލުން ފޮނުވާލެއްވީ ކޮމިޓީގައި ދެކެވުނު އެއްވެސް ވާހަކައެއް ރިޕޯޓުގައި ނެތުމުން ކަމަށެވެ.

ރެޒިޑެންޓް ވިޒާ ދިނުމުގައި ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ނަޝީދަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި މި ފާޑުކިޔުންތަކާ ގުޅިގެން މަޖިލިހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ކަމުގެ ހަގީގަތް އޮޅުވާލަން އެކި ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
80%
0%
0%
20%
ކޮމެންޓް
21 ޖުލައި 2020 | އަންގާރަ 00:20
ހ މ ޒ
ކީރިތި ކުރައްވަންވީނުންތޯ
20 ޖުލައި 2020 | ހޯމަ 23:57
ހ މ ޒ
އަމިއްލަ ފަރާތަކުން މޯލްޑިވްސް ބާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައެއްގައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ގ.އޮއިވާލި މުހައްމަދު ހުސައިން (އޮއިއްޓެ) ގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފައިވާ ކަން ފާހަގަކޮށްފައެވެ.