ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 07:39
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އަހުމަދު ފަޒީލް
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އަހުމަދު ފަޒީލް
ޓްވިޓަރ
ޖިންސީ ފުރައްސާރައިގެ މައްސަލަތައް
ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ފަޒީލް ސަސްޕެންޑުކޮށްފި
 
ފަޒީލް ނިސްބަތްވާ އެމްއާރްއެމްއިން ވެސް ވަނީ އޭނާ ޕާޓީގެ ހަރަކާތްތަކުން އެކަހެރިކޮށްފައި
 
ފަޒީލް ސަސްޕެންޑުކުރެވުނީ މައްސަލައިގެ ތަހުގީގު ނިމެންދެން

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުރި އަހުމަދު ފަޒީލުގެ މައްޗަށް ކުރެވެނު ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން، އޭނާ ސަސްޕެންޑްކޮށްފިއެވެ.

ފަޒީލް ސަސްޕެންޑްކުރިކަން ހާމަކުރީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައެވެ. ފަޒީލްގެ މައްޗަށް ކުރެވިފައިވާ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ހޫދުގެ ޓްވީޓުގައިވެއެވެ.

ފިޝަރީޒް މިނިސްޓްރީގެ އިތުރުން، އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ވެސް ވަނީ ފަޒީލްގެ މައްޗަށް ސޯޝަލް މީޑިއާގައި ކުރެވުނު ތުހުމަތުތަކާ ގުޅިގެން ތަހުގީގު ނިމެންދެން، ޕާޓީގެ ހަރަކާތްތަކުން އެކަހެރިކުރެވިފައިވާ ކަމަށް ހާމަކޮށްފައެވެ.

އެމްއާރުއެމުން ބުނީ، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކާ އެކު ޕާޓީން ފުރިހަމައަށް މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް އެ ޕާޓިން ބުންޏެވެ. އަދި ޖިންސީގޯނާ އަދި ފުރައްސާރައިގެ ކުށްތަކަކީ އެ ޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

ޖިންސީގޯނާގެ މައްސަލަތަކާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ރިޕޯޓްކުރެވޭ މިންވަރު އިތުރުވެފައިވާއިރު، މިފަހުން ރިޕޯޓްކުރެވުނު ކޭސްތަކުގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އިސްފަރާތްތަކެއް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
17%
0%
0%
33%
ކޮމެންޓް