ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 22:59
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ފަހުގެ އަޕްޑޭޓް
މިއަދު ޕޮޒިޓިވްވީ 36 މީހުން، ބަލިން ފަސޭހަވީ 8 މީހެއް
 
އެކްޓިވް ކޭސްގެ ގޮތުގައި 574 ކޭސް އެއް ރިޕޯޓްކޮށްފައިވޭ
 
ޕޮޒިޓިވް ވެފައިވަނީ 29 ދިވެހިން

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 36 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓްގައި ހާމަކޮށްފައިވާ ގޮތުން އާދިއްތަ ދުވަހު ޕޮޒިޓިވްވި 36 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި، ބަންގްލަދޭޝްގެ ފަސް މީހަކާއި އިންޑިއާގެ ދެމީހެއް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 2699 މީހުންނެވެ. އެކްޓިވް ކޭސްގެ ގޮތުގައި 574 ކޭސް އެއް ރިޕޯޓްކޮށްފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 2362 އެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް މަރުވެފައިވަނީ 15 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް