ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 19:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ރައީސްގެ ޚާއްސަ ސްކޮލަރޝިޕް
އިޤްތިޞާދު ކޮޅަށް ޖެހުމަށް ޒުވާނުން ވަޒީފާތަކަށް ނިކުންނަ އަދަދު އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
 
ދިވެހި ޒުވާނުން ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް އިލްތިމާސްކުރެއްވި
 
މިއީ އެންމެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ތެދުވަންވީ ވަގުތު
 
24 ޤައުމެއްގައި 1480 ދިވެހި ދަރިވަރަކު މަތީ ތައުލީމު ހާސިލްކުރަމުންދޭ

ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި އެހެންކަމުން އިގްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތަކާއި، ވަޒީފާގެ މާޙައުލުގައި ޙަރަކާތްތެރިވާ ދިވެހިންގެ ޢަދަދު މިހާރަށްވުރެ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްޤީވެ ކުރިއަރައިގެންދާ އެއްޗެއް ނޫން ކަމަށެވެ. އަދި އަމިއްލައަށް އާރާސްތުވެ ބިނާވެގެންދާ އެއްޗެއްވެސް ނޫން ކަމަށާއި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ސިކުނޑީގައި އުފަންވެގެން އަންނަ އީޖާދީ ފިކުރުތަކެއްގެ ނަތީޖާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަސައްކަތް މި ކުރަނީ، ދިވެހި ދަރީންގެ ސިކުނޑިތަކުގައި އީޖާދީ ވިސްނުން އާލާކޮށް ފައްކާކުރެވޭ ވަރަށް، ދިވެހި ދަރިންނަށް ޢިލްމު ހޯދައިދޭން ކަމަށް ރައީސް ވިދާޅުވި އެވެ.

ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަން ނިކުންނަނީ އުންމީދުތަކަކާއި، ޙާޞިލުކުރަން ބޭނުންވާ މަޤްޞަދެއް އޮތީމަކަމަށާއި ހަމައެގޮތަށް ދަރިވަރުންގެ ފަރާތުން މިގައުމު ބޭނުންވާ ކަންތައްތަކެއްވެސް ހުންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ވަކިން ޚާއްޞަކޮށް މިދުވަސްވަރު، އެފަދަ ދަރިންތަކަކަށް ރާއްޖެ އެބަ ބޭނުންވޭ. ރާއްޖޭގެ ޙަޔާތުގައިވެސް، އަޅުގަނޑުމެންނާ މިއަދު އަރާ ހަމަކޮށްފައި މިވަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. ކޮރޯނާ ވައިރަހުގެ ނުރައްކަލުގެ ސަބަބުން، ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް އަނަރޫފަވެފައިވާ ދުވަސްވަރެއް. ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަން، މުޅިންހެން ހުއްޓިފައި އޮންނަތާ ތިން މަސްދުވަހަށްފަހު، އަލުން ހުޅުވައިލެވުނީ މިދިޔަ ބުދަ ދުވަހު. މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށި ފަހުން، މި ޞިނާޢަތް މެދުކެނޑިގެންދިޔަ ފުރަތަމަ ފަހަރު. މިކަމުގެ ސަބަބުން، އިޤްތިޞާދީ ގޮތުން މިއިން ޒަމާނެއްގައިވެސް ނުލިބޭހާ ބޮޑު ގެއްލުމަކާ ރާއްޖެ މިވަނީ ކުރިމަތިލާން ޖެހިފައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް ވިދާޅުވީ މިއީ އެންމެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ތެދުވަންވީ ވަގުތު ކަމަށެވެ. މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ ދިވެހި ޒުވާނުންގެ ތާޒާ ލޭގެ ހޫނުން، ޤައުމުގެ އިޤްތިޞާދަށް ދިރުން ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް އިލްތިމާސްކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ، ބިދޭސީ މަސައްކަތު މީހުންގެ ސަބަބުން، ރާއްޖެއިން ބޭރުވެގެންދާ ބޭރު ފައިސާގެ މިންވަރު މަދުކުރުމަށްޓަކައިވެސް ވަރަށް މުހިންމު ކަމެއް. ހަމައެފަދައިން، ޒުވާނުން ވަޒީފާގެ މާޙައުލުގައި ޙަރަކާތްތެރިވުމަކީ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކެއްގެވެސް ޙައްލެއް. އެހެންވީމާ، ތިޔަ ދަރިވަރުންވެސް މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމަށް ބޭނުންތެރި، ޤައުމަށް ބޭނުންހިފޭފަދަ ޝަޚްޞިއްޔަތެއް، ތިޔައިން ކޮންމެ ދަރިވަރެއްގެ ކިބައިގައި އުފެއްދުމަށް. ތިޔަ ދަރިވަރުން ވިސްނަންވީ، ޤައުމު ތިޔަ ދަރިވަރުންގެ ކިބައިން އެދެނީ ކޮން ކަމަކަށްތޯ؟ ޤައުމަށްޓަކައި، ތިމާގެ ކިބައިގައި ތަރައްޤީ ކުރަންވީ، ކޮން ދާއިރާއަކުން، ކޮންކަހަލަ ހުނަރެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ހުރި މަތީ ތަޢުލީމް ދޭ މުއައްސަސާތަކުން، ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ދައުލަތުގެ ޚަރަދުގައި އެކަން ކުރެވޭނެގޮތް ސަރުކާރުން ހަމަޖެއްސި ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް، މިހާތަނަށް 6250 ދަރިވަރަކަށް، 130 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލުކުރަން ދޫކުރާ ލޯނު އެހީގެ ދަށުން، މިހާރުވެސް ތަފާތު 24 ޤައުމެއްގައި 1480 ދިވެހި ދަރިވަރަކު، މަތީ ތަޢުލީމުގެ ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގެ ދަށުން، ތަފާތު 7 ޤައުމެއްގައި 54 ދަރިވަރަކު ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން، ތަފާތު 7 ޤައުމެއްގައި މިހާރުވެސް 117 ދަރިވަރަކު ކިޔަވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ދަރިވަރުންނަކީވެސް، ޤައުމުގެ ތަރައްޤީގައި މުހިންމު ޙިއްޞާއެއް ވާނޭ ދަރިވަރުންތަކެއް ކަމުގައިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
0%
0%
50%
0%
0%
ކޮމެންޓް
20 ޖުލައި 2020 | ހޯމަ 16:56
އުމަރު
ސޯލިހުމެނަށް ސުރުހހީ އަޅާލެވުނީމަ އެ ނިމުނީ...
20 ޖުލައި 2020 | ހޯމަ 01:22
އަލީ
ކެކެކެކެ.....
20 ޖުލައި 2020 | ހޯމަ 01:21
ހ މ ޒ
ކީރިތި ކުރައްވަންވީނުންތޯ އޭރުން އަހަރެމެންނަށް ވަޒީފަ ލިބޭނެ
ގުޅުންހުރި
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި
މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ
ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ފައިސާ ދީ ރައްޔިތުންގެ ޓެކްސް ފައިސާ ލޫޓުވަނީ
ރާއްޖޭގެ ބައެއް ހިސާބުތަކަށް ނެރެފައިވާ ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް