ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 17:08
ސްޓެލްކޯގެ އެޕްރެންޓިސިޝިޕް ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސްޓެލްކޯގެ އެޕްރެންޓިސިޝިޕް ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސްޓެލްކޯ
ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުން
ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި
 
މި ޕްރޮގްރާމްގައި ބައިވެރިންނަށް މަހަކު 3000 ރުފިޔާގެ އެލަވަންސެއްދޭން ވަނީ ނިންމާފަ
 
މި ޕްރޮގްރާމްގައި ފުރުސަތު ދީފައިވަނީ ޝަރުތު ހަމަވާ 9 ޒުވާނަކަށް

މުޖުތަމައުއަށް ފައިދާ ހުރި، ހަރުދަނާ ގާބިލް ޒުވާނުންތަކެއް ވާޒީފާގެ މާހައުލަށް ނެރުމަށްޓަކައި ސްޓެލްކޯއިން ކުރިޔަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އާދީއްތަ ދުވަހު ފަށައިފިއެވެ.

ސްޓެލްކޯއިން މައުލޫމާތު ބުނީ މި ޕްރޮގްރާމުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ ފަރާތްތަކުން ކުރިމަތިލިނަމަވެސް، އިންޖީނިއަރިންގ އާއި ބިޒްނަސްގެ ދާއިރާއިން ކުރިޔަށް ދިއުމަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އޭގެ ތެރެއިން ޝަރުތު ހަމަވާ އަދި ސްޓެލްކޯއާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި 9 ޒުވާނަކަށް ކަމަށެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ 5 މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަކީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސްޓެލްކޯގެ މަސައްކަތްތައް ދަސްކުރަން ބޭނުންވާ ޒުވާނުންނަށް އެކަމަށް ބޭނުންވާ ތަމްރީނު ދިނުމަށާއި، މުޖުތަމައުއަށް ފައިދާ ހުރި ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ދެއްކެވި ވާހަކަފުޅުގައި ވަނީ މިދިޔަ އަހަރުގެ އެންމެ ރަނގަޅު ކުންފުނީގެ ގޮތުގައި ސްޓެލްކޯ ހޮވިފައިވާކަން ފާހަގަކޮށް، ރައްޔިތުންނާއި ސީދާ ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރާ ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏެއްގައި މަސައްކަތްކޮށް، ތަޖުރިބާތަކެއް ލިބިގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިއްޕެވުމަށް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ލިބުނު ޒުވާނުންނަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދު މި ފުރުސަތު ލިބުނު ޒުވާނުން ވިސްނަންވީ ކަމަކީ ތައުލީމުން އެކަނި ދިރިއުޅުމުގެ ކާމިޔާބީއެއް ހާސިލްނުވާނެކަން. އެކަމަށް ބޭނުންވާ ތަޖުރިބާ މިތަނުގެ ވެރިންގެ ކިބައިން ތިޔަ ޒުވާނުންނަށް ލިބުމުގެ ފުރުސަތު މިއަދު މި ހުޅުވިގެންދިޔައީ. ކާމިޔާބު މީހަކަށް ވުމަށްޓަކައި، ގަދައަޅާ މަސައްކަތްކޮށް، ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ، ކަމަށް ކަމޭހިތައިގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބު ލިބިގެންދާނެ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީ

މި ޕްރޮގްރާމްގައި ބައިވެރިންނަށް މަހަކު 3000 ރުފިޔާގެ އެލަވަންސެއް ދޭން ވަނީ ނިންމާފައެވެ. އަދި އެޕްރެންޓިސްޝިޕް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ވެސް ހަމަޖެހިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ