ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 18:13
އެޗްއާރްސީއެމްގެ މެމްބަރު މޫސާ ކަލޭފާނު
އެޗްއާރްސީއެމްގެ މެމްބަރު މޫސާ ކަލޭފާނު
ޓްވިޓަރ
އެޗްއާރްސީއެމްގެ މެމްބަރުކަމުން މޫސާ އިސްތިއުފާ ދެ
އެޗްއާރްސީއެމްގެ މެމްބަރުކަމުން މޫސާ ކަލޭފާނު އިސްތިއުފާ ދެއްވައިފި
 
ކޮމިޝަންގެ ރައީސް އީނާސްވެސް ވަނި އިސްތިއުފާ ދެއްވާފައި
 
އެޗްއާރްސީއެމްގެ މެމްބަރުންނަށް ގިނަ ތުހުމަތުތަކެއް ކުރެވޭ
 
އިތުރު މެމްބަރުންތަކެއް ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވާފައި

މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީވޭ ވަކިކުރަން ނިންމާފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރު، މޫސާ ކަލޭފާނު އިސްތިއުފާ ދެއްވައިފިއެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ފޮނުއްވެވި ސިޓީގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް މޫސާ ކަލޭފާނު ވިދާޅުވީ، މަގާމުގެ މަސްއޫލިއްޔަތު މިނިވަންކަމާއި މުސްތަގިއްލުކަމާއި އެކު އަދާކުރެވޭނެ މާހައުލެއް އެ ކޮމިޝަނުގައި ނެތުމުންނެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސް މުހައްމަދު ޒާހިދު އާއި މޫސާ އަލީ ކަލޭފާނު ވަކި ކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އޮތީ ނިންމާފައެވެ.

އެޗްސީއާރުއެމްގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމާއި އެކު، އެ ކޮމިޝަނުގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަނުގެ މެމްބަރު އައިޝަތު އަފްރީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މި މެމްބަރުން މަގާމުން ވަކި ކުރަން ކޮމިޓީން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ކޮމިޓީއަށް ދޮގު މައުލޫމާތު ދިނުމާއި މަގާމު އަދާކުރުމުގެ ގާބިލުކަން ނެތުން ހިމެނެއެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކަކަށް މުވައްޒަފުންތަކެއް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ނުބަލަން ނިންމާފައިވުމުގެ އިތުރުން، އަނިޔާވެރިކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލައިގެ ތަހުގީގް ލަސްވެގެން އާއިލާއިން ހުށަހަޅާފައިވާ މައްސަލައިގައި އިހުމާލުވެފައިވުމާއި، މައްސަލަ ބެލުން ލަސްވުމާ ދެކޮޅަށް އާއިލާއިން ބޭއްވި ހިނގާލުމުގައި ފުލުހުންގެ ފަރާތުން އެކަށީގެންނުވާ ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ރިލްވާންގެ މަންމައަށް އަނިޔާވި މައްސަލަ ކޮމިޝަނުން ނުބެލުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދުގެ މައްސަލައިގައި، އޭނާއަށް ދީފައިވާ މަރުގެ އިންޒާރުގެ މައްސަލަތައް ފުލުހުން ނުބެލި މައްސަލަ ޔާމީން ރަޝީދުގެ އާއިލާއިން ކޮމިޝަނަށް ހުށަހެޅުމުން އެ މައްސަލަ ބެލުމުގައި ވެސް އިހުމާލުވުމާއި، އާއިލާއާމެދު އެ ކޮމިޝަނުން އަމަލުކުރިގޮތް ރަނގަޅު ނޫން ކަމަށް ކޮމިޓީއަށް ފެންނާތީ ކޮމިޓީން ނިންމާފައިވަނީ އެ މެމްބަރުން ވަކި ކުރުމަށެވެ. އަދި އަނިޔާގެ މައްސަލަތައް ބަލަންވާ ވަރަށް ބަލާފައި ނުވުމާއި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ޒިޔާރަތްތައް ހުއްޓުވާލުން ވެސް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި