ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 16:47
ޓޫރިޒަމް މިނިސްޓްރިގެ އޮފީސް ހުންނަ ވެލާނާގެ
ޓޫރިޒަމް މިނިސްޓްރިގެ އޮފީސް ހުންނަ ވެލާނާގެ
ރާއްޖެއެމްވީ
ޓޫރިޒަމް މިނިސްޓްރީ
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ، 12 މުވައްޒަފުން އައިސޮލޭޝަނަށް
 
އޮފީސް ހުޅުވީ ޑިސްއިންފެކްޓް ކުުރުމަށް ފަހު

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑް-19ށް ޕޮޒިޓިވްވެ، 12 މުވައްޒަފަކު އެކަހެރިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވިކަން، އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދެއްވާފައެވެ. އޮފިޝަލް ވިދާޅުވީ، ޕޮޒިޓިވްވި މުވައްޒަފަކީ ޑިވޮލޮޕްމެންޓް ސެކްޝަން ގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި، އޭނާގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މުވައްޒަފު ޕޮޒިޓިވްވީ ބުރާސްފަތި ދުވަހުއެވެ.

އޭނާއާ ބައްދަލުވި 12 މުވައްޒަފަކު ވަނީ ގޭގައި އެކަހެރި ކޮށްފައެވެ. އޮފިޝަލް ވިދާޅުވީ، އާދިއްތަ ދުވަހު އޮފީސް ހުޅުވީ ޑިސްއިންފެކްޓް ކުރުމަށް ފަހު ކަމަށެވެ. މިހާރު އެ މުވައްޒަފު ހުރީ ބަނޑޮހުގެ ކަރަންޓީނު ފެސިލިޓީގައެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ދިން ލުއިތަކާއި އެކު ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ވަނީ މައްޗަށް ޖެހިލާފައެވެ. ކޮވިޑާއި ގުޅިގެން އޮފީސްތަކުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާއްމުކޮށްފައެވެ. އެޗްޕީއޭ އިން ބާރު އަޅަނީ ވީހާ ވެސް މަދު މުވައްޒަފަކު އޮފީހަށް ނެރެގެން މަސައްކަތް ކުރިޔަށް ގެންދިޔުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި