ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 16:53
އެލައިޑް އިންޝުއަރެންސް: ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ވަނީ މިއަދު ހުކުމް ކޮށްފައި
އެލައިޑް އިންޝުއަރެންސް: ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ވަނީ މިއަދު ހުކުމް ކޮށްފައި
އެލައިޑް އިންޝުއަރެންސް
އެލައިޑްގެ މައްޗަށް 22 މިލިއަން ޑޮލަރު ދެއްކުމަށް
ޖާބިރުގެ ޔޮޓް ޓުއަރސްއަަށް 22 މިލިއަން ޑޮލަރު ދެއްކުމަށް އެލައިޑް އިންސުއަރެންސްގެ މައްޗަށް ހުކުމްކޮށްފި
 
އެއީ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ދެފަރާތުން ވެފައިވާ އެއްބަސްވުމެއް
 
އެލައިޑް އިންޝުއަރެންސުން މިފައިސާ ޔޮޓް ޓުއަރސްއަށް މިފައިސާ ދެއްކާ ހަލާސްކުރުމަށް 6 މަސް ދުވަސް ދީފައިވޭ
 
އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،784،837.59 ޑޮލަރު

އެލައިޑް އިންޝުއަރެންސްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން އާދިއްތަ ދުވަހު ކޮށްފައިވާ ހުކުމުގައި ވަނީ، އެލައިޑް އިންޝުއަރެންސްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހިންގަމުން ދިޔަ ރިސޯޓެއް ކަމަށްވާ ހއ. އަލިދޫ ރިސޯޓުން ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނިކޮށް، 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާޅުބޮޑުވެ، ކުރިމަތިވި ޤުދުރަތީ ޙާދިސާއެއްގައި އެ ރިސޯޓުގެ މޫދު ރޫމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަންތަން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލަކުން ވެފައިވާ، ގެއްލުންތަކެއް ކަމަށެވެ. އަދި އެ ގެއްލުންތަކަކީ އެލައިޑް އިންޝިއަރެންސް ކުންފުނީގެ ފަރާތުން އަލިދޫ ރިސޯޓަށް ދޫކޮށްފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއަރސްއަށް އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީއަތަކަށް ސާބިތުވާ ކަމަށެވެ.

އެެހެންކަމުން، އެ ޙާދިސާއާ ގުޅިގެން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،784،837.59 ޑޮލަރު (ބާވީސްމިލިއަން ހަތްލައްކަ އަށްޑިހަ ހަތަރުހާސް އަށްސަތޭކަ ތިރީސް ހަތެއް އެމެރިކާ ޑޮލަރު، ފަންސާސް ނުވަ ސެންޓް) އަކީ މި ދެފަރާތުގެ ދެމެދު އެކުލަވާލެވުނު އަލިދޫ ރިސޯޓްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުުގެ ބަދަލުގެ ގޮތުގައި އެލައިޑް އިންޝިއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ސިވިލް ކޯޓުން ކޮށްފައިވާ މި ހުކުމުގައި ބުނެފައިވަނީ، އެ ފައިސާ ޔޮޓް ޓުއަރސްއަށް ލިބިދިނުމުގެ ގޮތުން،19 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން މަދުވެގެން، އެ މަހަކަށް ޖެހޭވަރު، ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް، 6 މަސް ދުވަހުގެ ތެރޭގައި. 22،784،837.59 ޑޮލަރު (ބާވީސްމިލިއަން ހަތްލައްކަ އަށްޑިހަ ހަތަރުހާސް އަށްސަތޭކަ ތިރީސް ހަތެއް އެމެރިކާ ޑޮލަރު، ފަންސާސް ނުވަ ސެންޓް) ދައްކާ ހަލާސްކުރުމަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް އަންގާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
50%
0%
0%
50%
0%
0%
ކޮމެންޓް
22 ޖުލައި 2020 | ބުދަ 09:37
އިން ސޫ ރެންސް
ދުނިޔޭގެ ހުރިހާ އިންޝުއަރެންސް ޕޮލިސީއެއްގައި ފައިސާ ދައްކަން ނުޖެހޭނެ ނުކުތާއެއްގެ ގޮތުގަ އޮންނާނެ ގުދުރަތީގޮތުން ދިމާވާކަންކަން ހިމެނިފަ. ލާރި ވަކިވަރަކަށް ލިބެންޔާ އެ ކަހަލަ ކްލޯޒްތައް ނުފެންނާނެ ޤާޒީންނަކަސް.