ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 17:05
އދ.މާމިގިލީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާ ކަމަށް ކައުންސިލުން ބުނޭ
އދ.މާމިގިލީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާ ކަމަށް ކައުންސިލުން ބުނޭ
ގޫގުލް
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ
އޮގަސްޓް މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ރަށުގައި ނޫޅެވޭނެ: މާމިގިލީ ކައުންސިލް
 
އެބިދޭސީއެއް އަނބުރާ ފޮނުވާލުމުގެ ޒިންމާ ގެންނަ ފަރާތުން ނަގަން ޖެހޭނެ
 
ފުރަތަމަ ފަހަރަށް -/2500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ
 
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެންނަ ފަރާތްތަކާ އުޅަނދުފަހަރު ޖޫރިމަނާ ކުރެވޭނެ

އދ. މާމިގިލީގައި އަންނަ މަހުގެ ފަހުން ގަވައިދާ ޚިލާފަށް ބިދޭސީންނަށް އެރަށުގައި ނޫޅެވޭނެ ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފިއެވެ.

މާމިގިލީ ކައުންސިލުން ބުނީ ދިވެހިރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަން އިން އެމީހުން ފޮނުވާލުމަށް ތަފާތު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އޮގަސްޓް މަހުގެ ނިޔަލަށް ގަވައިދާ ޚިލާފަށް އެ ރަށުގައި އެއްވެސް ބިދޭސީއަކަށް ނޫޅެވޭ ގޮތަށް ކައުންސިލްގެ 2020 އަހަރުގެ 14 ވަނަ ޖަލްސާ އިން ނިންމާފައިވާ ކަމަށެވެ. ކައުންސިލުން ބުނީ މިމުއްދަތުގެ ފަހުން ގަވައިދާ ޚިލާފަށް ބިދޭސީން ނުގެންގުޅެވޭނެ ކަމަށާއި އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެންނަ ފަރާތްތަކާ އުޅަނދު ފަހަރު ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ފަހަރަށް -/2500 ރުފިޔާއިން ޖޫރިމަނާކޮށް އެ ބިދޭސީއެއް އަނބުރާ ފޮނުވާލުމުގެ ޒިންމާ ގެންނަ ފަރާތުން ނުވަތަ އުޅަނދުގެ ވެރި ފަރާތުން އުފުލަން ޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ކައުންސިލުން ބުނީ މިކަން ތަކުރާރުވާ ކޮންމެ ފަހަރަކު އެފަރާތެއް ނުވަތަ އެއުޅަނދެއް -/5000 ރުފިޔާއިން ޖޫރިމަނާކޮށް އެ ބިދޭސީއެއް އަނބުރާ ފޮނުވާލުމުގެ ހުރިހާ ޒިންމާއެއް އެފަރާތަކުން އުފުލަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 3000ށް ވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވާލާފައިވާއިރު، ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކުން ދަނީ އެރަށެއްގައި ދިރިއުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
3%
40%
0%
0%
3%
53%
ކޮމެންޓް
7 މެއި 2021 | ހުކުރު 20:04
ބަނޑޭރި
ޚާކުބާ ތިކަން ތަންފީޒު ކުރާނީ
20 ޖުލައި 2020 | ހޯމަ 03:11
ތީ ކިހާވަރަކުން ދާނޭކަމެއްބާ .......
ގުޅުންހުރި