ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 14:04
މ. ނާލާފުށީގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު
މ. ނާލާފުށީގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު
ކުޅިވަރާ ބެހޭ ވުޒާރާ
ފުޓްސަލް ދަނޑުގެ މަސައްކަތްތައް
ނާލާފުށި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
މި ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިން
މި ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކޮށްފައި

މ. ނާލާފުށީގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑަކީ ކުރީ ސަރުކާރުން މޯލްޑިވްސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށް މަސައްކަތް ނުފަށާ އޮތް ދަނޑެކެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުކުރުމަށްފަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި މިފަދަ ދަނޑުތައް ނިންމުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ނާލާފުށި ދަނޑުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. ދަނޑުގެ މަސައްކަތް ނިންމާލިއިރު، މި ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކޮށްފައެވެ.

މި ދަނޑުގެ ޑްރޯން ފޮޓޯއެއް ޓްވީޓް ކުރައްވައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ މި ދަނޑަކީ ވެސް ދެ ޖިންސްގެ ޒުވާނުން އެކި ކުޅިވަރުތަކަށް ބޭނުންކުރާނެ ދަނޑެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ދަނޑުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ނާލާފުށި ޒުވާނުންނާއި، ކައުންސިލް އަދި އެރަށް ނިސްބަތްވާ މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު ދެއްވި އެއްބާރުލެއްވުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ނާލާފުށި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްގެންދާ ގިނަ މަޝްރޫއުތައް ވަނީ ނިމުމަކާ ހަމަޔަށް އައިސްފައެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް