ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 13:47
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ރައްޔިތުންގެ މަޖިލިސް
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން
އަމާޒަކީ އަހަރު ނިމޭއިރު ގަވާއިދާއި ހިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުން: އިކޮނޮމިކް މިނިސްޓަރ
 
މިދިޔަ އަހަރު ސެޕްޓެމްބަރ ގައި އިއުލާންކުރި މޮރޮޓޯރިއަމްށް ފަހު އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 413 ފަރާތަކަށް
 
ލިޔެކިޔުމެއް ނެތް ނުވަތަ އެމްޕްލޯޔަރ ވިސާ ނެތް ފަރާތްތައް ޖޫރީމަނާ ކުރަން އަންނަ ހަފްތާ ފެށޭނެ
 
މިހާތަނަށް އައި އިރު 3907 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައި

އަމާޒަކީ އަހަރު ނިމުމުގެ ކުރިން ގަވާއިދާއި ހިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލުމާތު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ގަވާއިދާއި ހިލާފަށް އުޅޭ 3900ށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށެވެ. އަމާޒަކީ އަހަރު ނިމޭއިރު 15،000 އާއި 20،000 ދެމެދުގެ އަދަދަކަށް ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތުގައި ބަންގްލަދޭޝްގެ ސަރުކާރުން އެހީތެރިކަން ލިބޭކަން ސަރުކާރުން ވަނި ފާހަގަކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ލިޔެކިޔުމެއް ނެތް ނުވަތަ އެމްޕްލޯޔަރ ވިސާ ނެތް ފަރާތްތައް ޖޫރީމަނާ ކުރަން އަންނަ ހަފްތާ ފެށޭނެކަމަށާއި އެކަމުގެ އުސޫލު ކުރިޔަށް އޮތް ދުވަސްތަކުގައި ގެޒެޓްކުރާނެކަމަށެވެ.

މި ސަރުކާރު ހަވާލުވިފަހުން، ބަންގްލަދޭޝްއިން ރާއްޖެއަށް އެތެރެވުމަށް 17،711 އެމްޕްލޯއިމަންޓް އެޕްރޫވަލް ވަނީ ދޫކޮށްފައެވެ. އެގޮތުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެކަށައެޅުއްވި މޮރޮޓޯރިއަމްގެ ނިޔަލަށް (2018 ސެޕްޓެމްބަރ އިން 2019 ސެޕްޓެމްބަރގެ ނިޔަލަށް) އެވެރެޖްކޮށް 1،369 އެޕްލޮއިމަންޓް ދޫކުރެވިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މޮރޮޓޯރިއަމްށް ފަހު އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 413 ފަރާތަކަށެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި 2020ގައި އެވެރެޖްކޮށް މަހަކު ދޫކޮށްފައިވަނީ 10 އެމްޕްލޯއީމަންޓް އެޕްރޫވަލްއެވެ.

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް، ކުރެވުނު މަސައްކަތުގެ ދަށުން މިހާތަނަށް 3،807 މީހަކު ރެގިއުލަރައިޒްކޮށްފައިވާއިރު، މިހާރުވެސް 4،800ށް ވުރެ ގިނަ އެޕްލިކޭޝަން ޕްރޮސެސްކުރަމުންދާކަމަށް ސަރުކާރުން ބުނެއެވެ. އަމިއްލައަށް އެދިގެން 15،615 ބިދޭސީ ފަރާތަކުން ރެގިއުލަރައިޒްވުމަށް އެދި ރަޖިސްޓަރ ކޮށްފައިވާކަމަށާއި އެކި ގޮތްގޮތުން 40،000 ފަރާތެއް މި ޕްރޮގްރާމަށް އެޕްރޯޗްކޮށްފައިވާކަމަށްވެސް ސަރުކާރުން ވަނީ މީގެކުރީން ހާމަކޮށްފައެވެ.

2019 ވަނަ އަހަރުގެ ޖަނަވަރީ މަހު އިމިގްރޭޝަންއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ގަވާއިދާއި ހިލާފަށް 60،000 ބިދޭސީ މަސައްކަތްތެރީން ރާއްޖޭގައި މަސައްކަތްކުރަމުން ދާއިރު އެ އަދަދު 60،000 އާއި 80،000 އާއި ދެމެދަށް މިހާރު އިތުރުވެފައިވާކަމަށް ލަފާކުރެވޭކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
20%
80%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ