ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 12:33
ލ. ގަން ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ: ކޮވިޑްގެ ކޭސްތަކަށް ފަރުވާދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް މައުލޫމާތުދޭ
ލ. ގަން ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ: ކޮވިޑްގެ ކޭސްތަކަށް ފަރުވާދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް މައުލޫމާތުދޭ
ލ.ގަން ރީޖަނަލް ހޮސްޕިޓަލް
ކޮވިޑް މެނޭޖުމަންޓް ފެސިލިޓީ
ގަމު ކޮވިޑް ފެސިލިޓީން ޚިދުމަތް ދިނުމަށް ތައްޔާރު ވެއްޖެ
 
23 އައިސޮލޭޝަން އެނދު ހުންނާނެ
 
މި ފެސިލިޓީގައި 20 އައިސީޔޫ އެނދު ހުންނާނެ
 
24 ގަޑިއިރު ޚިދުމަތް ދޭނެ

ކޮވިޑް-19 އާ ގުޅިގެން އަތޮޅުތެރޭގައި ގާއިމުކުރާ ފެސިލިޓީތަކުގެ ތެރެއިން ލ. ގަން ކޮވިޑް މެނޭޖުމަންޓް ފެސިލިޓީން ޚިދުމަތް ދިނުމަށް ތައްޔާރު ވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ ބަލި މީހުންނަށް ފަރުވާދެވޭ ވަރަށް ގަމު ކޮވިޑް މެނޭޖުމަންޓް ފެސިލިޓީ ތައްޔާރު ވެފައިވާ ކަމަށެވެ.

24 ގަޑިއިރު އެ ފެސިލިޓީން ޚިދުމަތް ދިނުމަށް ނިންމާފައިވާއިރު، ފެސިލިޓީގައި 20 އައިސީޔޫ އެނދާއި 23 އައިސޮލޭޝަން އެނދު ހުންނާނެއެވެ.

ލ. ގަން ކޮވިޑް މެނޭޖްމަންޓް ފެސިލިޓީން ޚިދުމަތް ދިނުމަށް ތައްޔާރު ވެފައިވާކަން ހާމަކޮށްފައިވާއިރު، ށ. އަތޮޅު ފުނަދު އާއި ބ. އަތޮޅު އޭދަފުށީގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖުމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

އަތޮޅުތެރޭގައި ހަތް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތްތައް ހެލްތު މިނިސްޓްރީން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ހިމެނެނީ ފަސް މެއިން ފެސިލިޓީ އާއި ދެ ޓްރާންސިޓް ފެސިލިޓީ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީން) މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން ލ. އަތޮޅާއި އައްޑޫ ސިޓީގައި ގާއިމުކުރާ ފެސިލިޓީތައްވެސް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރެވި، ހުޅުވަން ތައްޔާރުވަމުންދާކަން އެޗްއީއޯސީން ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ ފަސް ޒޯނެއްގައި ކޮވިޑް ޓްރީޓްމަންޓް މެއިން ފެސިލިޓީތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ އަލަށް ހުޅުވާފައިވާ ށ. ފުނަދު އާއި ބ. އޭދަފުށީ ސެންޓަރުގެ އިތުރުން، ލ. ގަމާއި، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި ގާއިމުކުރާ ފެސިލިޓީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ