ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 12:19
ލ. މާވަށު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
ލ. މާވަށު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
މާވަށު ބަނދަރު ހެދުމުގެ މަޝްރޫއު
މާވަށު ބަނދަރުގެ 37 އިންސައްތަ މަސައްކަތް ނިމިއްޖެ
 
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު
 
ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް ބުދަ ދުވަހު ވަނީ ފަށާފައި
 
ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތް ވަނީ ނިމިފައި

ލ. މާވަށު ބަނދަރު ހެދުމުގެ 37 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް ބުދަ ދުވަހު ފަށާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 284 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 110 މީޓަރު އެއްގަމު ތޮށި ހެދުމާއި، 40 މީޓަރު ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 550 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 15,300 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 11,585 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި، 10 މޫރިންގ ބްލޮކްސް ޖެހުމުގެ އިތުރުން 2 ނެރުބައްތި ޖެހުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 27.3 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
100%
0%
0%
ކޮމެންޓް