ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 12:05
ރައްޔިތުންގެ މަޖިލީހުގެ އިދާރާ: ކޮވިޑް-19ށް މަޖިލީހުގެ މުވައްޒަފުންގެ ތެރެއިން ތިން މީހަކު ވަނީ ޕޮޒިޓިވް ވެފައި
ރައްޔިތުންގެ މަޖިލީހުގެ އިދާރާ: ކޮވިޑް-19ށް މަޖިލީހުގެ މުވައްޒަފުންގެ ތެރެއިން ތިން މީހަކު ވަނީ ޕޮޒިޓިވް ވެފައި
ރާއްޖެއެމްވީ
މަޖިލިސް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުން
މަޖިލިސް އިދާރާގެ އިތުރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
 
މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދޭ
 
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދޭ
 
މިއީ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19ށް ޕޮޒިޓިވްވި ތިންވަނަ ފަހަރު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރު މުވައްޒަފަކު ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހުގެ އިދާރާގެ އިތުރު މުވައްޒަފެއް ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ ކަމަށް އެނގުނީ އާދިއްތަ ދުވަހުގެ ހެނދުނު ކަމަށެވެ. އެހެންކަމުން އެ ކޭހާ ގުޅޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މަޖިލީހުގެ އިދާރާވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރަމުންދާ ދެ މުވައްޒަފަކު މީގެކުރިން ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން މިއީ މަޖިލީހުގެ އިދާރާގެ މުވައްޒަފެއް ކޮވިޑް-19ށް ޕްރޮޒިޓިވްވި ތިންވަނަ ފަހަރެވެ.

މުޅި މަޖިލީހުގެ އިދާރާގައި 140ށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، ގަވާއިދުން މަޖިލީހުގެ އިދާރާގައި ބާއްވަމުންދާއިރު، މިދިޔަ ހަފުތާގެ ޖަލްސާތައްވެސް މަޖިލީހުގެ އިދާރާގައި ބާއްވާފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސިންގ މެދުވެރިކޮށްވެސް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަކު ލޮކްޑައުނަށް ލުއިތައް ދޭން ފެށުމާއެކު، މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ދަނީ މަޖިލީހުގެ އިދާރާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
40%
0%
0%
60%
ކޮމެންޓް