ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 12:23
ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު
ފެހެންދޫ ބަނދަރުގެ 43 އިންސައްތަ މަސައްކަތް ނިމިއްޖެ
 
މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ގައި
 
ހާބަރ ބޭސިން ހެދުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވޭ
 
ނެރު ފުންކުރުމުގެ 76 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ބ. ފެހެންދޫ ބަނދަރު ހެދުމުގެ 43 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން ނެރު ފުންކުރުމުގެ 76 އިންސައްތަ މަސައްކަތް ނިންމައި, ހާބަރ ބޭސިން ހެދުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނީ 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ހާބަ ބޭސިން ފުންކުރުމުގެ އިތުރުން ބަނދަރުގެ ރޭމްޕެއް ހެދުމުގެ މަސައްކަތައް ކުރިއަށްދާނެ ކަމަށެވެ. އަދި 130 މީޓަރު ބޭރު ތޮށި ޖެހުމާއި، 282 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 214 މީޓަރު އެއްގަމު ތޮށި ހެދުމާއި، ވޯކްވޭ ބްރިޖެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމެންޓް ހެދުމާއި، ހަތަރު ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދުގައި 10 ލައިޓް ޖެހުމުގެ އިތުރުން ހަ މޫރިން ބްލޮކް ހަރުކުރުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 49.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް