ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 09:31
ގާނޫނީ ވަކީލުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ގާނޫނީ ވަކީލުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ފޭސްބުކް
ލައިސަންސިންގ ތަމްރީނު ޕްރޮގްރާމް
ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބާ ކައުންސިލުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި
 
ރަޖިސްޓްރީވާން ޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށް
 
23 ޖުލައި 2020 ގެ 14:00ގެ ކުރިން ރަޖިސްޓްރީވާން ޖެހޭ
 
ތަމްރީން ޕްރޮގްރާމް ހިންގުމަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށްދޭ

ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބާ ކައުންސިލުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން ބުނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހި ރާއްޖޭގެ ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފައިވާތީ، އެ ތަމްރީން ޕްރޮގްރާމް ހިންގުމަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 23 ޖުލައި 2020 ގެ 14:00ގެ ކުރިން ގޫގުލް ފޯމް ލިންކްއިންhttps://maldivesbarcouncil.org/licensing-trainingގޫގުލް ފޯމް މެދުވެރިކޮށް ބާ ކައުންސިލުގައި އެމީހެއްގެ ނަން ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ބާ ކައުންސިލުން ބުނީ ތަމްރީނު ޕްރޮގްރާމުގައި ރަޖިސްޓަރީވުމާބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމަށް، ނުވަތަ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
100%
0%
0%
0%
0%
ކޮމެންޓް