ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 09:30
ދިވެހި ސިފައިން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން
ދިވެހި ސިފައިން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން
ޕޮލިސް
އަސްކަރީ ތަމްރީން ކުރިއަށް ގެންދިއުން
ހުޅުމާލޭގެ އިރުން 07 ނޯޓިކަލް މޭލު ބޭރުގައި އެމްއެންޑީއެފްގެ ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްދަނީ!
 
ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް ތަމްރީން ކުރިއަށް ގެންދާނެ
 
ތަމްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޖުލައި 19 އިން 23 އަށް،
 
މިތަމްރީން ތަކުގައި ބަޑި ޖަހާނެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޚާއްސަ އަސްކަރީ ތަމްރީނުތަކެއް އާދިއްތަ ދުވަހު ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ކ. ހުޅުމާލޭގެ އިރުން 07 ނޯޓިކަލް މޭލު ބޭރުގައި އަދި ޅ. ވަން އެންޑް އޮންލީ ކަނުހުރާގެ އިރުއުތުރުން 05 ނޯޓިކަލް މޭލު ބޭރުގައި އެމްއެންޑީއެފްގެ ޚާއްސަ އަސްކަރީ ތަމްރީންތަކެއް ކުރިއަށްދާނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިތަމްރީންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 19ން 23ށް ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް ކަމަށެވެ.

ކ. ހުޅުމާލޭގެ އިރުން 07 ނޯޓިކަލް މޭލު ބޭރުގައި އަދި ވަން އެންޑް އޮންލީ ކަނުހުރާގެ އިރުއުތުރުން 05 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދާ މިތަމްރީންތަކުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް:މެޝިން ގަން ފަޔަރިންގ

2. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 5000 މީޓަރ

3. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ

4. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ-ލެވެލް

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތައް ކުރިއަށްދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
50%
0%
50%
0%
0%
ކޮމެންޓް