ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 09:18
ބ ތުޅާދޫ
ބ ތުޅާދޫ
ފޭސްބުކް
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ތުޅާދޫގައި މަރުވި މީހާއަކީ ކޮވިޑް މަރެއް ނޫން
 
އޭނާ ނިޔާވާން މެދުވެރިވި ސީދާ ސަބަބަކީ ހަރޓް އެޓޭކް
 
ނިޔާވުމަށްފަހު ޓެސްޓް ކުރުމުން ކޮވިޑް-19 އަށް ޕޮޒޓިވްވެފައިވޭ

ބ. ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުއްޓާ ހޮނިހިރު ދުވަހު ނިޔާވި މީހާ އެއީ ކޮވިޑް-19 ގައި ނިޔާވި މީހެއް ނޫންކަމަށް ނިންމާފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ އޭނާ ނިޔާވުމަށްފަހު ޓެސްޓް ކުރުމުން ކޮވިޑް-19 އަށް ޕޮޒޓިވްވެފައިވާ ކަމަށް ނަތީޖާއިން ދައްކާކަމަށެވެ. އެހެންނަމަވެސް އޭނާ ނިޔާވާން މެދުވެރިވި ސީދާ ސަބަބަކީ ހަރޓް އެޓޭކެއް ޖެހުންކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

އެފަރާތުގެ ސިއްހީ ހާލަތާއި ޑޮކްޓަރުންނަށް އޭނާ ހެލްތު ފެސިލިޓީއަށް ގެންދިޔުމަށްފަހު ކުރެވުނު ޓެސްޓް ތަކުގެ ނަތީޖާއަށް ބަލާއިރު އޭނާ ނިޔާވާން ސީދާ މެދުވެރިވި ސަބަބަކީ ހާޓް އެޓޭކެއް ކަމަށް ޑޮކްޓަރުން ވިދާޅުވޭ. ސީދާ ކޮވިޑްގެ ސަބަބުން ނިޔާވީ މީހެއް ނޫންކަމަށް މިވަގުތު ނިންމިފައިވަނީ. މަރުވާން މެދުވެރިވި ސަބަބަކީ ކޮވިޑެއްނޫން އެހެންނަމަވެސް އޭނާ ކޮވިޑް ޕޮޒިޓިވްވީމާ ކޮވިޑް ރިލޭޓެޑް ކޭސްއެއްކަމަށް އަދި ޑެތްގެ ތެރޭގައި އޭނާ މިވަގުތު ނުގުނޭނެކަމަށް ވަނީ ނިންމާފައި.
އެޗްއީއޯސީ ގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 15 މީހަކު ވަނީ މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
100%
0%
0%
0%
ކޮމެންޓް