ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 03:41
ރާއްޖޭގެ ރަށަކަށް އުދައަރާފައި
ރާއްޖޭގެ ރަށަކަށް އުދައަރާފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބައެއް ރަށްރަށަށް ރާޅު އަރާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލަރޓް ނެރެފި
 
ކުރިޔަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ލަފާކުރެވޭ
 
ހޮނިހިރު ދުވަހުގެ މެންދަމު 3:00ން ފެށިގެން އާދިއްތަ ދުވަހު ހެނދުނު 8:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ

ކަނޑުތައް ގަދަވުމާއެކު ބައެއް ރަށްރަށަށް ރާޅު އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލަރޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިސަރަހައްދަށް ހޮނިހިރު ދުވަހުގެ މެންދަމު 3:00ން ފެށިގެން އާދިއްތަ ދުވަހު ހެނދުނު 8:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން ކުރިޔަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އާދިއްތަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ފާއިތުވި 24 ގަޑިއިރުވެސް ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގައިގެން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް