ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 03:26
މިދުވަސްވަރު ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި
މިދުވަސްވަރު ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކުރިއަށް އޮތް 48 ގަޑިއިރު ކަނޑުތައް ގަދަވާނެތީވެ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
 
ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ
 
ފާއިތުވި 24 ގަޑިއިރު ތެރޭގައި ކަނޑުމަތީގެ އެކި ހާދިސާތައް ހިނގައިގެން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި
 
ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭ

ކުރިޔަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ކަނޑުގަދަވެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން މެޓް އޮފީހުން ވަނީ ހޮނިހިރު ދުވަހުގެ ރޭ 21:45ން ފެށިގެން މެންދަމު 2:30ށް ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލަރޓް ނެރެފަ އެވެ. މެޓް އޮފީހުން ބުނީ މިގަޑީގެ ތެރޭގައި އެސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެއިތުރުން ހޮނިހިރު ދުވަހުގެ ރޭ 22:45ން ފެށިގެން މެންދަމު 2:30 އާ ދެމެދު ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްވެސް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ މި ގަޑީގެ ތެރޭގައި އެސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ކަނޑުމަތީގެ އެކި ހާދިސާތައް ހިނގައިގެން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ އެމްޕީއެލް ސަރަހައްދުގައި މުދާ ބަރުކުރަމުންދިޔަ "އިނާމް" ނަމަކަށްކިޔާ 65 ފޫޓްގެ ސަޕްލައި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް