ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 22:23
ކޮވިޑް-19 ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ކޮވިޑް-19 ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑަށް ޕޮޒިޓިވްވުން
ރާއްޖެއިން އިތުރު 17 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ
 
ގިނައިން ޕޮޒިޓިވްވީ ދިވެހިން

ރާއްޖެއިން އިތުރު 17 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންގެ އިތުރުން ސްރީލަންކާގެ އެކަކުއެވެ. މި އަދަދާއި އެކު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2930ށް އަރާފައެވެ.

ހޮނިހިރު ދުވަހު 14 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އެއާއި އެކު ބަލިން ފަސޭހަވި މީހުންގެ 2354ށް އަރާފައެެވެ.

ލޮކްޑައުން އަށް ދިން ލުއިތަކާއި އެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުވެފައެވެ. މި ފަހަކަށް އައިސް ގިނައިން ޕޮޒިޓިވްވަނީ ދިވެހިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް