ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 22:09
އެޗްއާރުސީއެމްގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އާއި ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާން
އެޗްއާރުސީއެމްގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އާއި ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާން
އެޗްއާރްސީއެމް
އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރުން
އެޗްއާރުސީއެމްގެ ދެ މެމްބަރަކު ވަކިކުރުމަށް، ތަޅުމަށް ނަން ފޮނުވުމަށް ކޮމެޓީން ނިންމައިިފި
 
ބޮޑެތި މައްސަލަތައް ގަސްދުގައި ލަސް ކުރުމާއި، އިހުމާލުވުން ހިމެނޭކަމަށް މެމްބަރުން ފާހަގަކުރެއްވި
 
ކޮމިޓީ އަށް ދޮގު މައުލޫމާތު ދީފައިވުން ހިމެނޭ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ދެ މެމްބަރަކު މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތަޅުމަށް ނަން ފޮނުވުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.

ވަކިކުރުމަށް ކޮމިޓީން ނިންމާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އާއި ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާނެވެ.

މަޖިލިސް ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަޤާމަކުން ވަކި ކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. އިސްލާޙު ކުރެވުނު ގަވާއިދުގައި މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގެ މީހުން ވަކި ކުރުމާއިބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށްފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުޘްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.

އެޗްސީއާރުއެމްގެ މެމްބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމާއި އެކު، އެ ކޮމިޝަނުގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަނުގެ މެމްބަރު އައިޝަތު އަފްރީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މި މެމްބަރުން މަގާމުން ވަކި ކުރުމަށް ކޮމިޓީން ނިންމާފައިވާ ސަބަބުތަކެއްގެ ތެރޭގައި ކޮމިޓީއަށް ދޮގު މަޢުލޫމާތު ދިނުމާއި މަޤާމު އަދާކުރުމުގެ ޤާބިލުކަން ނެތުން ހިމެނެއެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުޑަކުދިންތަކަކަށް މުވައްޒަފުންތަކެއް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ނުބަލަން ނިންމާފައިވުމުގެ އިތުރުން، އަނިޔާވެރިކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލައިގެ ތަޙްޤީޤް ލަސްވެގެން ޢާއިލާއިން ހުށަހަޅާފައިވާ މައްސަލައިގައި އިހުމާލުވެފައިވުމާއި، މައްސަލަ ބެލުން ލަސްވުމާ ދެކޮޅަށް ޢާއިލާއިން ބޭއްވި ހިނގާލުމުގައި ފުލުހުންގެ ފަރާތުން އެކަށީގެންނުވާ ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ރިލްވާންގެ މަންމައަށް އަނިޔާވި މައްސަލަ ކޮމިޝަނުން ނުބެލުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދުގެ މައްސަލައިގައި، އެނާއަށް ދީފައިވާ މަރުގެ އިންޒާރުގެ މައްސަލަތައް ފުލުހުން ނުބެލި މައްސަލަ ޔާމީން ރަޝީދުގެ ޢާއިލާއިން ކޮމިޝަނަށް ހުށަހެޅުމުން އެ މައްސަލަ ބެލުމުގައި ވެސް އިހުމާލުވުމާއި، ޢާއިލާއާމެދު އެ ކޮމިޝަނުން ޢަމަލުކުރިގޮތް ރަނގަޅު ނޫން ކަމަށް ކޮމިޓީއަށް ފެންނާތީ ކޮމިޓީން ނިންމާފައިވަނީ އެ މެމްބަރުން ވަކި ކުރުމަށެވެ. އަދި އަނިޔާގެ މައްސަލަތައް ބަލަންވާ ވަރަށް ބަލާފައި ނުވުމާއި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ޒިޔާރަތްތައް ހުއްޓުވާލުން ވެސް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް
19 ޖުލައި 2020 | އާދީއްތަ 07:25
މޮންޑާ
މާލަސް ތި މީހުން ބޭރުކުރުން. އިންޓެގްރިޓީއެއް ތިބި ބަޔެއް ނޫން.